Wednesday, 9 September 2026
Ads by

އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި

އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި

އީރާނުން ދިން ޙަމަލާތަކަށްފަހު، ކުވެއިތު ސިޓީގެ ދެކުނުން އޮންނަ މަންގާފް އަވަށުގެ މަތިން ކަޅު ދުމާއި އަލިފާންގަނޑު މައްޗަށް އަރައިގެންދަނީ. (އޭއެފްޕީ)

އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ އިޒްރޭލުގެ ބޯޑަރާ އިންތިހާއަށް ކައިރިވެ، އީރާނުން އުރުދުންގެ ދެކުނުގައިވާ އަޤަބާއަށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް އިޒްރޭލުގެ އީލާތު ސަރަހައްދުގެ ވައިގެ ތެރޭގައި ގޮއްވާލުމާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާ އިންތިހާ ނުރައްކަލުގެ ޙާލަތަކަށް އަތުވެއްޖެއެވެ.

Ad Image
Ads by

އީރާނުގެ އައި.އާރު.ޖީ.ސީ އިން 4 ބެލިސްޓިކް މިސައިލް ފޮނުވާލާފައިވަނީ އިޒްރޭލުގެ އީލާތާ ދާދި ކައިރީގައި އޮންނަ އުރުދުންގެ އަޤަބާގައި ހުރި އެމެރިކާގެ އަސްކަރީ ވަޞީލަތްތަކަށެވެ. އެމެރިކާ އާއި އުރުދުންގެ ދިފާޢީ ނިޒާމުތަކުން ވަނީ އީރާނުގެ 3 މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައެވެ. އަދި 4 ވަނަ މިސައިލް ވެއްޓުނީ މީހުން ނޫޅޭ ފަޅު ސަރަހައްދަކަށެވެ.

ވައިގެ ތެރޭގައި ގޮއްވާލި މިސައިލްތަކުގެ އެކި ބައިތަކާއި ކުނިބުނިތައް އިޒްރޭލުގެ އީލާތުގެ އުތުރަށް ވެއްޓެން އުޅުމުން، އިޒްރޭލުގެ ’އަޔަން ޑޯމް‘ ނިޒާމުން ވަނީ އެ ތަކެތި ވައިގެ ތެރެއަށް މިސައިލް ފޮނުވައިގެން ހަލާކުކޮށްލާފައެވެ. މި ޙާދިސާއާ ގުޅިގެން އިޒްރޭލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ، އީރާނުން ސީދާ އިޒްރޭލުގެ އެއްވެސް ތަނަކަށް ޙަމަލާއެއް ދީފިނަމަ، އެމީހުންގެ މިސައިލް ފޮނުވާ ސައިޓްތަކަށް ސީދާ ”މުޅި ބާރާއެކު“ ރައްދު ޙަމަލާދީ ފުނޑުފުނޑުކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު