Wednesday, 9 September 2026
Ads by

ދިއްދޫ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމުމަކަށް: 75 ރޯހައުސްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

ދިއްދޫ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމުމަކަށް: 75 ރޯހައުސްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫގައި ސަރުކާރުން ކުރިއަށްގެންދާ 75 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމި، އަމަލީ މަސައްކަތުގެ 98.55 އިންސައްތަ ފުރިހަމަކޮށްފިއެވެ.

Ad Image
Ads by

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ. ޖުމްލަ 120 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ ބަދިގެއާއި ފާޚާނާތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫގައި ބިނާކޮށްފައިވަނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމެއް ހިމެނެއެވެ. މިއީ އެ ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މީގެ އިތުރުން، މި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދު ވަށައިގެން އަލިކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ޚާއްސަ ޒޯނެއްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އަންނަނީ ރަށްރަށުގައި ހުރި މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަހަށް ނިންމައި، ރައްޔިތުންނަށް ހަވާލުކުރުމަށް ބާރުއަޅަމުންނެވެ. މި މަޝްރޫއު ނިމުމުން ދިއްދޫގެ ގިނަ އާއިލާތަކަކަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ކަށަވަރުވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި