Saturday, 24 October 2026
Ads by

އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ ’ހައިމާސް‘ ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި

އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ ’ހައިމާސް‘ ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި

އީރާނުން ދިން ޙަމަލާތަކަށްފަހު، ކުވެއިތު ސިޓީގެ ދެކުނުން އޮންނަ މަންގާފް އަވަށުގެ މަތިން ކަޅު ދުމާއި އަލިފާންގަނޑު މައްޗަށް އަރައިގެންދަނީ. (އޭއެފްޕީ/ފޮޓޯ ކޮލާޖު)

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ގަލްފު ޤައުމުތަކަށް އިންތިހާއަށް ފޯރައި، އީރާނުގެ އަސްކަރިއްޔާއިން ކުވައިތުގައި ހުންނަ އެމެރިކާގެ ’ކޭމްޕް އާރިފްޖާން‘ ބޭހުގައިވާ ’ހައިމާސް‘ (HIMARS) މިސައިލް ނިޒާމުތަކަށް ސީދާ ޙަމަލާދީފިއެވެ. މީގެ އިތުރުން އީރާނުން ވަނީ ޖެހިޖެހިގެން 3 ވަނަ ދުވަހު ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ މައި ކާރުޚާނާއަށް ބޮންއަޅައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

Ad Image
Ads by

އީރާނުގެ ރަސްމީ މީޑިއާއިން ކަށަވަރުކޮށްދިން ގޮތުގައި، އެމީހުންގެ އެއްގަމު ބާރުތަކުން ފޮނުވާލި ”ސަރފޭސް-ޓޫ-ސަރފޭސް“ މިސައިލްތައް ސީދާ އަމާޒުކުރީ ކުވައިތުގެ ދެކުނުގައިވާ އެމެރިކާގެ އަސްކަރީ ބޭހުގައި ހުރި، އީރާނަށް ޙަމަލާދޭން ތައްޔާރުކޮށްފައިވާ ހައިމާސް ރޮކެޓް ސިސްޓަމްތަކަށެވެ.

މީގެ އިތުރުން އީރާނުގެ ޑްރޯންތަކުން ކުވައިތުގެ ފެން ސާފުކުރާ މަރުކަޒަކަށް ދިން ޙަމަލާތަކުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ކަރަންޓު ގްރިޑް ސަލާމަތްކުރުމަށްޓަކައި ގިނަ ޓާބައިންތަކެއް ވަނީ ނިއްވާލަން ޖެހިފައެވެ.

ކުވައިތުގެ ބޯފެނުގެ 90 އިންސައްތައަކީ މިފަދަ ކާރުޚާނާތަކުން ސާފުކުރާ ފެން ކަމަށްވުމުން، ޖެހިޖެހިގެން 3 ދުވަހު ދިން ޙަމަލާތަކުގެ ސަބަބުން މުޅި ޤައުމު ފެނަށް ޖެހުމުގެ ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ކުވައިތުގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އާންމުން ފެނާއި ކަރަންޓު އިޤްތިޞާދުކޮށްގެން ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި