Wednesday, 9 September 2026
Ads by

ޖޫން މަހުގެ ނިޔަލަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި އެންސްޕާއިން 90.1 މިލިއަން ރުފިޔާ ދޫކޮށްފި

ޖޫން މަހުގެ ނިޔަލަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި އެންސްޕާއިން 90.1 މިލިއަން ރުފިޔާ ދޫކޮށްފި

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ބޭސްފަރުވާގެ އެހީގެ ގޮތުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 90.1 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ނޫހަކުން އެދުމުން އެ އިދާރާއިން ހިއްސާކުރި ތަފާސްހިސާބުތަކުންނެވެ.

Ad Image
Ads by

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މެޑިކަލް ވެލްފެއާ އެހީގެ ގޮތުގައި ޖުމްލަ 90,118,739.77 (ނުވަދިހަ މިލިއަން އެއްލައްކަަ އަށާރަހާސް ހަތްސަތޭކަ ތިރީސްނުވަ ރުފިޔާ ހަތްދިހަ ހަތް ލާރި) ވަނީ ދޫކޮށްފައެވެ. މިއީ ސިއްހީ ފަރުވާ ހޯދުމުގައި އާސަންދައިން ފޯރުކޮށްދޭ އެހީތެރިކަމުގެ އިތުރަށް، އެހީތެރިކަން ބޭނުންވި މީހުންނަށް ދީފައިވާ ފައިސާއެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުތަކުގެ ތެރޭގައި ސިއްހީ އެކި ކަންކަމުގެ ވެލްފެއާގެ ގޮތުގައި އެންސްޕާއިން ވަނީ ޖުމްލަ 2.06 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރު ބޭސްފަރުވާ ހޯދުމަށް އާސަންދައިގެ އިތުރުން އެހީ ބޭނުންވި ފަރާތްތަކަށް 490.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ ތެރޭގައި 360.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެންސްޕާއިން އާއްމުކޮށް އެހީތެރިވަނީ އާސަންދައިން ދޫކުރާ އެހީގެ އިތުރަށް ބަލިމީހުންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ އެހީތެރިކަމާއި، އާސަންދައިގެ ދަށުން ނުލިބޭ ބައެއް ބޭސްތަކާއި ތަކެތި ހިމެނެއެވެ.

ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. މިގޮތުން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، އެންސްޕާ މެދުވެރިކޮށް ދެމުންގެންދާ އެހީތެރިކަން ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި