Ads by
ޚަބަރު
ދެވަނަ ބުރުގައި 408 ޒުވާނުން އަލަށް ވޯޓު ލާނެ

ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގައި 408 ޒުވާނަކަށް އަލަށް ވޯޓުލެވޭނެކަން އިލެކްޝަންސް ކޮމިޝަން(އީސީ)އިން ހާމަކޮށްފިއެވެ.

Ads by Eki Online

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ މިމަހުގެ 30 އަށް އުމުރުން 18 އަހަރު ފުރޭ 408 މީހުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި 196 އަންހެނުންނާއި 212 ފިރިހެނުން ހިމެނޭކަމަށެވެ.

މިއާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،803 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެއެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މާދަމާ އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *