Sunday, 27 September 2026
Ads by

ސްޕެއިން ތައްޓާއެކު ޤައުމަށް، މިލިއަން މީހުންގެ ހޫނު މަރުޙަބާއެއް!

ސްޕެއިން ތައްޓާއެކު ޤައުމަށް، މިލިއަން މީހުންގެ ހޫނު މަރުޙަބާއެއް!

ސްޕެއިން ވޯލްޑްކަޕްގެ ތައްޓާއެކު ޤައުމަށް ދިއުމުން މިލިއަން މީހުންގެ ހޫނު މަރުޙަބާއެއް ވަނީ ކިޔާފަ.. ފޮޓޯ| އޭއެފްޕީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ތަށި އުފުލާލި ސްޕެއިންގެ ޤައުމީ ޓީމަށް، އެ ޤައުމުގެ ރައްޔިތުންގެ ފަރާތުން ކުލަގަދަ އަދި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

Ad Image
Ads by

ސްޕެއިން މި ތަށި ކާމިޔާބުކުރީ ޖުލައި 20 ވަނަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ދިފާއީ ޗެމްޕިއަން އާޖެންޓީނާއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މިއީ 2010 ވަނަ އަހަރަށްފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި ކާމިޔާބީއާއެކު، އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ސްޕެއިން މިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ވެސް ހޯދާފައެވެ.

ރޭގެ މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައި ސްޕެއިންގެ ރަސްގެފާނު ފިލިޕް ވަނީ އާއިލާއާއެކު ދަނޑަށް ވަޑައިގެން ކުޅުންތެރިންނާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ރޭ ތަށި ހޯދުމާއެކު ސްޕެއިންގެ އެކި ސިޓީތަކުގެ މައިދާންތަކަށް ސަޕޯޓަރުން އެއްވެ އުފާފާޅުކުރަން ފެށިއެވެ.

ސްޕެއިން ތައްޓާއެކު ޤައުމަށް ދިއުމުން މިލިއަން މީހުން ވަނީ މަގުތަކަށް ނުކުމް ހޫނު މަރުޙަބާއެއް ކިޔާފަ.. ފޮޓޯ| އޭއެފްޕީ

ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އެނބުރި ޤައުމަށް އައި ’ލަ ރޯހާ‘ އަށް މަރުޙަބާ ކިޔުމަށްޓަކައި، އެއާޕޯޓް ސަރަހައްދަށް އެތައް ހާސް ބަޔަކު އެއްވިއިރު، ވެރިރަށް މެޑްރިޑްގެ މަގުތަކަށް މިލިއަނަކަށްވުރެ ގިނަ މީހުން ޖަމާވިއެވެ. މިއީ މެޑްރިޑްގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްޕެއިންގެ ކުޅުންތެރިން ވަނީ ހުޅުވާލެވިފައިވާ ބަހެއްގައި މެޑްރިޑްގެ މައި މަގުތަކުގައި ބޭއްވި ޚާއްޞަ ޕެރޭޑެއްގައި ބައިވެރިވެ، ވޯލްޑް ކަޕްގެ ރަން ތަށި ސަޕޯޓަރުންނަށް ދައްކާލާފައެވެ. މުޅި މެޑްރިޑްގެ މަގުތައް ސްޕެއިންގެ ދިދައިގެ ކުލަތަކުން ފުރިފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ޤައުމުގައި ބޭއްވުނު އެންމެ ބޮޑު އުފާފާޅުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި