Saturday, 24 October 2026
Ads by

ޖުލައި ބަންދު ޢުމްރާ: އެންމެ ގިނަ މީހުން ގެންދިޔައީ އަލް މުސާފިރް ގްރޫޕުން!

ޖުލައި ބަންދު ޢުމްރާ: އެންމެ ގިނަ މީހުން ގެންދިޔައީ އަލް މުސާފިރް ގްރޫޕުން!

މިދިޔަ ޖުލައި މަހުގެ ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ކުންފުނިތަކުގެ ހަވާލުގައި 4،364 ދިވެހިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ މީހުން ގެންދިއައީ އަލް-މުޞާފިރް ގްރޫޕުން ކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

މިނިސްޓަރ ޝަހީމް އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި ބަންދުގައި އެންމެ ގިނަ އަދަދަކަށް މީހުން ޢުމްރާއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނާއި އަލް މުސާފިރް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޢުމްރާގެ ޚިދުމަތްދޭ ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކުން މި ދަތުރުތަކުގައި ބައިވެރިވެފައިވާއިރު، ބައެއް މުހިންމު ކުންފުނިތަކުން މީހުން ގެންދިޔަ އަދަދުތަކަކީ:

  • އަލް މުސާފިރް ޕްރައިވެޓް ލިމިޓެޑް: 1,004 މީހުން
  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: 640 މީހުން
  • ގިބްލަ ޙައްޖު އެންޑް ޢުމްރާ: 330 މީހުން
  • މީޤާތު ޙައްޖު އެންޑް ޢުމްރާ: 192 މީހުން
  • ޢަރަފާތު ޙައްޖު އެންޑް ޢުމްރާ: 189 މީހުން
  • ޘާބިތު ލިލް ޙައްޖު ވަލް ޢުމްރާ: 179 މީހުން
  • އަލް ބުރޫޖް ހޯލްޑިންގްސް: 141 މީހުން
  • އިމާން ޙައްޖު އެންޑް ޢުމްރާ: 149 މީހުން
  • ނިމްސާ މޯލްޑިވްސް: 152 މީހުން
  • މިސްކިޔާ ޕްރައިވެޓް ލިމިޓެޑް: 140 މީހުން
  • ޙިޖާޒް ޕްރައިވެޓް ލިމިޓެޑް: 138 މީހުން
  • މުސާފިރީން (109) މީހުން

މީގެ އިތުރުން ބަޔާން (72)، ތަޒްކިޔާ (68)، އަލް ޞަފާ (70)، ޤާފިލާ (57)، ގުބާ (60)، ޒަޢީ ގްރޫޕް (88)، ރިސާލާ (47) އަދި އަލް މަދީނާ (98) ފަދަ ގިނަ ކުންފުނިތަކަކުން ވަނީ ޢުމްރާވެރިން ގެންގޮސްފައެވެ. މަދު އަދަދެއްގެ މީހުން ގެންދިޔަ ކުންފުނިތަކުގެ ތެރޭގައި ތައުފީޤް އެންޓަރޕްރައިސަސް (16)، އަދި މައްކާ ޓުއާރސް (11) ހިމެނެއެވެ.

ސްކޫލް ބަންދާއި ބޮޑު އީދު ބަންދާ ދިމާކޮށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން ޢުމްރާގެ އަޅުކަމަށް ދެއެވެ. ސަރުކާރުގެ އަމާޒަކީ ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޢުމްރާވެރިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. އިސްލާމިކް މިނިސްޓްރީން ދަނީ މިފަދަ ދަތުރުތައް އިންތިޒާމުކުރާ ކުންފުނިތަކުގެ މަސައްކަތްތައް ގާތުން ބަލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި