Sunday, 26 July 2026
Ads by

ޢުމްރާގެ އަޅުކަމަށް ރާއްޖޭން 4 ހާހަށްވުރެ ގިނަ މީހުން، އެންމެންގެ ހާލު ރަނގަޅު: މިނިސްޓަރ ޝަހީމް

ޢުމްރާގެ އަޅުކަމަށް ރާއްޖޭން 4 ހާހަށްވުރެ ގިނަ މީހުން، އެންމެންގެ ހާލު ރަނގަޅު: މިނިސްޓަރ ޝަހީމް

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޖުލައި ޢުމްރާއަށް ދިޔަ ޢުމްރާވެރިން.. ފޮޓޯ| ޙައްޖު ކޯޕަރޭޝަން

މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު، ރާއްޖެއިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްތިބި ދިވެހިންގެ އަދަދު 4،000 އަށްވުރެ މަތިވެފައިވާ ކަމަށާއި، އެ އެންމެހާ ދިވެހި އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރު އެކި ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްޞަކޮށް ސްކޫލް ޗުއްޓީއާއި ރަމަޟާން މަހަކީ ދިވެހިން އެންމެ ގިނައިން އުމްރާގެ އަޅުކަމަށްދާ ދުވަސްވަރު ކަމަށްވާއިރު، މި ފަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މި މަތިވެރި އަޅުކަމުގައި ބައިވެރިވެފައެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އުމްރާއަށް ގޮސްތިބި ދިވެހިންގެ ކަންކަން އެ ވުޒާރާއިން ގާތުން ބަލަމުންދާ ކަމަށާއި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގްރޫޕްތައް އިތުރުވަމުންދާތީ، އުމްރާވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އުމްރާވެރިންގެ އަތުން ނަގާ ފައިސާ ބޭނުންކުރަންޖެހޭނީ ހަމައެކަނި އުމްރާގެ ދަތުރާ ގުޅުންހުރި ކަންކަމަށް އެކަނި ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މި ފައިސާ އެހެން ކަންކަމަށް އިންވެސްޓްކުރުމަކީ މަނާކަމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުތަކާ ޚިލާފުވާ ކުންފުނިތަކާމެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މިއީ އުމްރާވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށާއި، ދަތުރުގެ ތެރޭގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދިވެހި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ޚިދުމަތްތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޙައްޖުވެރިންނާއި، ޢުމްރާވެރިން މީގެކުރިން އުފުލަމުންއައި އެތައް ތަކުލީފުތަށް މިހާރުވަނީ ނިމުމަކަށް ގެނެސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި