Friday, 19 July 2024
Ads by

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތް ދިނުން ވަައުދު ހަޤީޤަތަކަށް ހަދާނަށް: ރައީސް

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތް ދިނުން ވަައުދު ހަޤީޤަތަކަށް ހަދާނަށް: ރައީސް

ފޮޓޯ: މިސް މީޑިއާ

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު ހަޤީޤަތަކަށް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ނޫސްވެރިންނަށް ފޮނުއްވައި ނޫސްވެރީންގެ އަގުހުރި އަދި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ.

ރައީސުލްހޫރިއްޔާގެ ޚިޠާބުގައި ޤައުމެއްގެ ދެމިއޮތުމާ ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާ ޚިދުމަތް ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރެއާދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާ، މުޖްތަމަޢު ހޭލުންތެރިކުރުވުމާ، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާ، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާ، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި، އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާ، އެކި ދާއިރާތަކުން ތަޢުލީމާ ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާ، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތެދު މަޢުލޫމާތު ފެތުރުމަށް ބާރުއަޅުއްވާފައެވެ. އަދި ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާ، ކޮންމެ ކަމެއްގެ ހަގީގަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާ ވާޖިބު ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިއުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާ، ނޫސްވެރީންނާ، ޚިދުމަތްތެރީންނާ، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
old-hands
ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!
358230_17f4375f-3_
ސިޑްސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު