Wednesday, 30 April 2025
Ads by

ޔާޔާ ނަބީލްގެ މައްސަލަ ފުލުހުން އަނެއްކާވެސް ބަލަންފަށައިފި

ޔާޔާ ނަބީލްގެ މައްސަލަ ފުލުހުން އަނެއްކާވެސް ބަލަންފަށައިފި

ސޯޝިއަލް މީޑިއާގައި އަންހެން ހެދުން އަޅައިގެން އުޅޭ ގ.ކަމަރާގޭ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ މައްސަލަ އަނެއްކާވެސް ފުލުހުން ބަލަން ފަށައިފިއެވެ.

Ad Image
Ads by MN Maldives

“ލޫސީ”ގެ ނަމުގައި ހުޅުވާފައިވާ ޓިކްޓޮކް އެކައުންޓެއްގައި ނަބީލް އަންނަނީ އަންހެން ހެދުން އަޅައި ވީޑިއޯ ހިއްސާކުރަމުންނެވެ. މިކަން ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިނުވޭތޯ އަހައި، ނުސްވެރިޔަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ރީޓްވީޓްކޮށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ނަމަވެސް، މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީސްމީޑިއާގައި އަންހެން ފޭރާން އަޅައިގެން ނިވާކަންކުޑަ ކޮށް އުޅޭ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޔާޔާ ނަބީލް ބަންދުކުރެވުނެވެ.

އެގޮތުން އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައެވެ. އެފަހަރު ދައުލަތުން ޔާޔާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ޖަލަށް ލާންވެސް ހުކުމް ކުރެވުނެވެ. ހުކުމް ތަންފީޒުވެ ނިމުމުން އޭނާ ވަނީ މިނިވަން ވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
IMG_20240313_025311
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
345401_7d7053a7-4_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
IMG_20240313_025311
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
345401_7d7053a7-4_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި