Ads by
ޚަބަރު
ބޭރުގެ އޮބްޒާވަރަކަށް ފުރައްސާރަކުރި މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑްކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު މޮނީޓާކުރުމުގައި ހަރަކާތްތެރިވި ބޭރުގެ ދެ އޮބްޒާވަރަަކަށް ފުރައްސާރަކުރި ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އިންތިހާބީ ދެ އޮފިޝަލަކު ސަސްޕެންޑް ކޮށްފިއެވެ.

Ads by Eki Online

އީސީން މިރޭ ބުނީ ރިޔާސީ އިންތިހާބުގެ ވޯޓުލީ ދުވަހު ‏އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ބައެއް އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލްކުރި ދިވެހި އޮބްޒާވަރަކާއި، މަންދޫބެއް، ފުރައްސާރަކޮށް، ސުލޫކީ މިންގަނޑާ ދެ އޮފިޝަލަކު ހިލާފު ވެފައިވާ ކަމަށެވެ.

އަދި އެ ދެބޭފުޅުން އިންތިހާބުގެ ދެވަނަބުރާއި، ކުރިޔަށް އޮތް ބޮޑު ދެ އިންތިޚާބުގައި އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް ، އިލެކްޝަން އޮފިޝަލެއްގެ ގޮތުން ޙަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި އިންތިޚާބާބެހޭ ޚާއްޞަ ޖަލްސާ އިން ނިންމާފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން އެ ދެބޭފުޅުންގެ ބަދަލުގައި އެހެން ދެބޭފުޅުން އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ޙަރަކާތްތެރި ވުމުގެ ފުރުސަތު އެޕާޓީއަށް ދިނުމަށްވެސް  ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *