Sunday, 26 July 2026
Ads by

މ. މުލަކުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސްފި

މ. މުލަކުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސްފި

މ. މުލަކުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ގެންދިޔަ 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރު އެރަށަށް ބާލަނީ.. ފޮޓޯ|ސްޓެލްކޯ

މ. މުލަކުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

Ad Image
Ads by

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ، މުލަކަށް މިހާރު ގެންދެވުނު މި ޖަނަރޭޓަރު ސެޓަކީ އެ ރަށުގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ގެންދެވުނު ޖަނަރޭޓަރެއް ކަމަށެވެ.

މި އައު ޖަނަރޭޓަރު ސެޓް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު، މުލަކުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ނުވަތަ ޖެނެރޭޝަން ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ފެންވަރެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު މަގަކަށް ފަހިވެގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ދަތިނުވާނެހެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުންނާއި ސްޓެލްކޯއިން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މުލަކަށް ގެންދެވުނު މި ޖަނަރޭޓަރާއެކު، އެ ރަށުގެ ކަރަންޓަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި