Wednesday, 9 September 2026
Ads by

މަދިރިން ރައްކާތެރިވުމަށް ހުޅުމާލެ ފޭސް 1 ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަނީ

މަދިރިން ރައްކާތެރިވުމަށް ހުޅުމާލެ ފޭސް 1 ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަނީ

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވެ، އެ ބަލީގެ ނުރައްކާ ބޮޑުވެފައިވާ ދުވަސްވަރަކަށް ވުމާއެކު، ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ޚާއްޞަ ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީ ސްޓިއަރިންގ ކޮމިޓީން ނިންމައިފިއެވެ.

Ad Image
Ads by

މި ހަރަކާތާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ހުޅުމާލެ ދެކުނު ދާއިރާގެ ސްޓިއަރިންގ ކޮމިޓީން މިއަދު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެސްއާރު ޓީމާ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި، ހުޅުމާލެ ފޭސް 1 ގައި މަދިރި އާލާވުން ހުއްޓުވުމަށް ކުރިއަށްގެންދާ މި ސާފުކުރުމުގެ ހަރަކާތުގައި
އެޗްޑީސީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ސްޓިއަރިންގ ކޮމިޓީގެ ފަރާތުން ވަނީ އެދިފައެވެ. މީގެ އިތުރުން ވެމްކޯ އާއި އެނޫންވެސް ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކޮށް އެއްބާރުލުމަށް އެދޭނެކަމަށް ކޮމިޓީން ބުނެއެވެ.

ޕީއެންސީ ސްޓިއަރިންގ ކޮމިޓީން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އެޗްޑީސީން މިހާރުވެސް ކުރިއަށް ގެންދާ ”މަދިރިން ރައްކާ“ ކެމްޕޭނާ ގުޅިގެން، މުޅި ހުޅުމާލެ ފޭސް 1 ހިމެނޭހެން ސާފުކުރުމަށްޓަކައި ރާވާފައިވާ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ބަލައި، އެތަންތަން ސާފުކޮށް، ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމެވެ.

ސްޓިއަރިންގ ކޮމިޓީން އިތުރަށް ބުނެފައިވަނީ، މި ހަރަކާތް ކުރިއަށް ދާނީ ހުޅުމާލޭގެ އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު، އެޗްޑީސީގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ތާރީޚެއް ކޮމިޓީން އަދި އިޢުލާނެއް ނުކުރެއެވެ. ނަމަވެސް، ވަރަށް އަވަހަށް މި ހަރަކާތް ބާއްވާނެ ތާރީޚާއި ވަގުތު އާންމުކޮށް އިޢުލާނު ކުރާނެ ކަމަށް އެ ކޮމިޓީން މައުލޫމާތުދެއެވެ.

މިދުވަސްވަރު ޑެންގީ ހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ނުހަނު އިސްކަންދޭ ކަމެކެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ މި އިސްނެގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެކޮމިޓީން މަޢުލޫމާތު ދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި