Sunday, 25 October 2026
Ads by

އިރާނުގެ ދިފާޢީ ޙަމަލާތައް ސަޢޫދީ އާއި ޢަރަބި ޤައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިރާނުގެ ދިފާޢީ ޙަމަލާތައް ސަޢޫދީ އާއި ޢަރަބި ޤައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

14 މެއި 2025 ގައި ރިޔާޟްގައި ބޭއްވުނު ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ސަމިޓްގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފްގެ ލީޑަރުންނާއި އޮފިޝަލުންނާއެކު ހުރިތަން (އޭއެފްޕީ)

އެމެރިކާއިން އިރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަސްލަޙަތުތަކަށް އަމާޒުމޮށް އެކި ޤައުމުތަކަށް ދެމުންދާ މިސައިލް އަދި ޑްރޯން ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އާންމުންގެ ފުރާނައަށް ނުރައްކާވާ އަމަލުތަކެއް ކަމަށް ބުނެ ސަޢޫދީ ޢަރަބިއްޔާއާއި އެހެނިހެން ޢަރަބި ޤައުމުތަކުން އެކުވެގެން އީރާނާ ދެކޮޅަށް ވަރުގަދަ ބަޔާންތަކެއް ނެރެފިއެވެ.

Ad Image
Ads by

ޙަމަލާތަކުގެ އަސަރު ފޯރި ޤައުމުތައް

– ކުވައިތުގެ ފެން ކާރުޚާނާ: އީރާނުގެ ޙަމަލާތައް ކުވައިތުގެ ކަރަންޓާއި ބޯފެން އުފައްދާ މަރުކަޒަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

– ޢިރާޤާއި ކުރުދިސްތާން: އީރާނުން ޢިރާޤުގެ އުތުރަށް ދިން ޙަމަލާއެއްގައި ކުރުދީ ޖަމާއަތެއްގެ 9 ހަނގުރާމަވެރިން ވަނީ މަރުވެފައެވެ. ޔޫ.އޭ.އީ އިން ވަނީ މިއީ ޢިރާޤުގެ ސިލްމާއި ސިޔާދަތަށް ދިން ބޮޑު ޙަމަލާއެއް ކަމަށް ބުނެފައެވެ.

– އޮމާން، އުރުދުން، އަދި ޤަޠަރު: މި ޤައުމުތަކުގެ ވައިގެ ސަރަހައްދަށް ވެސް އީރާނުގެ މިސައިލްތައް ވަދެ، ބައެއް ތަންތަނަށް ވަނީ ޙަމަލާތައް އަރާފައެވެ.

ޢަރަބި ވެރިންގެ ބަސްތައް

– ސައުދީ އަރަބިއްޔާ: ސަޢޫދީ ޚާރިޖީ ވުޒާރާއިން ބުނީ ކުވައިތާއި ބަހުރައިން އަދި އުރުދުންގެ ދިފާޢުގައި އެޤައުމުތަކުން އަޅާ ކޮންމެ ފިޔަވަޅަކަށް ސަޢޫދީއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ.

– އުރުދުން އަދި ކުވައިތު: މި ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވެސް ވަނީ މިއީ އީރާނުން ހިންގާ ”ނާތަހުޒީބީ“ އަދި ”ބިރުވެރި“ ޢުދުވާނެއްގެ ގޮތުގައި ސިފަކޮށްފައެވެ.

– ޤަޠަރު: ޤަޠަރުން ވަނީ އަސްކަރީ ޙަމަލާތައް ވަގުތުން ހުއްޓާލައި، ސިޔާސީ މަޝްވަރާތަކަށް އެނބުރި ދިއުމަށް ގޮވާލާފައެވެ.

މި ޙަމަލާތަކުގެ ސަބަބުން ގަލްފުގެ ޤައުމުތަކުގެ ހަކަތައާއި، އިޤްތިޞާދީ ވަޞީލަތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޤައުމުތަކުގެ ވެރިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި