Wednesday, 9 September 2026
Ads by

މަސްތުވާތަކެތި އަތުލައިގަތުމުގައި ހަރަކާތްތެރިވި ކަސްޓަމްސް އޮފިސަރުންގެ އަގު ވަޒަންކޮށްފި

މަސްތުވާތަކެތި އަތުލައިގަތުމުގައި ހަރަކާތްތެރިވި ކަސްޓަމްސް އޮފިސަރުންގެ އަގު ވަޒަންކޮށްފި

ރާއްޖޭގެ ބޯޑަރުތައް ހިމާޔަތްކުރުމަށްޓަކައި މަސްތުވާތަކެއްޗާއި މަނާ އެހެނިހެން ތަކެތި އަތުލައިގަތުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ކަސްޓަމްސް އޮފިސަރުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

Ad Image
Ads by

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބޭއްވި މި ރަސްމިއްޔާތުގައި، މަސްތުވާތަކެއްޗާއި މަނާ އެހެނިހެން ތަކެތި އަތުލައިގަތުމުގެ އިތުރުން އެހެނިހެން އިދާރީ މައްސަލަތައް ދެނެގަތުމުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ އޮފިސަރުންނަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

މި ލިޔުންތައް އޮފިސަރުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހިމް މުފާޒު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަހުމޫދު ރިޔާޒެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ ވަނީ އޮފިސަރުން ދެއްކެވި ހިތްވަރާއި ފަންނީ ގާބިލުކަމަށް ތައުރީފު ކުރެއްވައިފައެވެ. އަދި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޮފިސަރުން ކުރަމުން އަންނަ ބުރަ މަސައްކަތަކީ ގައުމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށާއި، ގާނޫނާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ކަސްޓަމްސް އޮފިސަރުންގެ ހުޝިއާރުކަމާއި ސާބިތުކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކުރުމުގައި ކަސްޓަމްސްގެ ދައުރު ފުޅާވެފައިވާ ކަމަށާއ  މިފަދަ ކާމިޔާބީތަކަކީ އޮފިސަރުންގެ އިހުލާސްތެރިކަމުގެ ނަތީޖާކަމަށްވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި