Sunday, 25 October 2026
Ads by

ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމްޓީސީސީގެ ކާގޯ ދަތުރެއް ފަސްކޮށްފި

ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމްޓީސީސީގެ ކާގޯ ދަތުރެއް ފަސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ކާގޯ ދަތުރުތަކުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހަށް ތާވަލުކުރި ދަތުރެއް ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފަސްކޮށްފިއެވެ.

Ad Image
Ads by

އެމްޓީސީސީން ނެރުނު ޚާއްޞަ ދެންނެވުމެއްގައި ބުނެފައިވަނީ، 19 ޖުލައި 2026 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ”ހުޅުމީދޫ-ފޭދޫ-ފުވައްމުލައް C609“ ރޫޓުގެ ކާގޯ ދަތުރު މިހާރު ފަސްކުރެވިފައިވާ ކަމަށެވެ. މި ދަތުރު ދެން އޮންނާނީ 22 ޖުލައި 2026 ވާ ބުދަ ދުވަހު ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި ދަތުރު ފަސްކުރަން ޖެހުނީ ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ރައްޔިތުންގެ ކުންފުނި، އެމްޓީސީސީން ބުނެއެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓަށް ޒިޔާރަތް ކުރުން ނުވަތަ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި އެންމެ ފުޅާދާއިރާއެއްގައި ޚިދުމަތްދޭ ސަރުކާރުގެ ހިއްސާ އޮންނަ މައި ކުންފުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި