Monday, 27 July 2026
Ads by

”ބިގްބޮސް އޯޓީޓީ 3“ ޖޫންގައި ފަށަނީ

”ބިގްބޮސް އޯޓީޓީ 3“ ޖޫންގައި ފަށަނީ

އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ ”ބިގްބޮސް”ގެ ޑިޖިޓަލް ވާޝަންގެ ތިން ވަނަ ސީޒަން މިއަހަރު ޖޫންގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ ”ބިގް ބޮސް“ ގެ 18 ވަނަ ސީޒަން ކުރިއަށް އޮއްވައި މި ޝޯގެ ޑިޖިޓަލް ވާޝަނެއް ”ބިގް ބޮސް އޯޓީޓީ 3 “ އަންނަ ޖޫން މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޖިއޯ ސިނަމާގައި ދައްކާ ”ބިގްބޮސް އޯޓީޓީ 3“ ވެސް އެހެން ސީޒަންތަކާ އެގޮތަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. މިފަހަރުގެ ސީޒަންވެސް ހުށައަޅައިދޭނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ބިގްބޮސް އެންމެ ގިނައި ހުށައަޅައިދިން ފަންނާނު ކަމަށްވާ ސަލްމާން ޚާނެވެ.

ސަލްމާނަކީ ”ބިގް ބޮސް“ ގެ ރަސްމީ ހޯސްޓެވެ.

މިފަހަރުގެ ސީޒަންވެސް ގެނެސްދިނުމަށް ނިންމާފައިވަނީ ހަ ހަފްތާ އާއި އަށް ހަފްތާ އަށެވެ. އޯޓީޓީ ސީޒަން ނިމުމާއެކު ރަސްމީ ބިގްބޮސް ސީޒަން ފެށުމަށްވެސް ވަނީ ނިންމާފައެވެ.

މިފަހަރުގެ ސީޒަންގައި ވެސް ގިނަ މަގުބޫލު ޓީވީ ތަރިންނާއި ބައެއް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ފަންނާނުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޓީވީ އެކްޓަރު ޝެހްޒާދާ ދާމީ އާއި ހަތުރޯން ކޭ ކިޅާލީ 12 އިން ފެނިގެންދިޔަ ޓީވީ އެކްޓަރު ޝީޒާން ޚާން އާއި ބިގްބޮސް 16 ގައި ބައިވެރިވި އެކްޓަރު ޝާލިން ބަނޮޠްގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް ދަލްޖިތު ކޯރާ އާއި ބިގްބޮސް 17 ގައި ބައިވެރިވި ޓީވީ އެކްޓްރެސް އިޝާ މަލްވިޔާ އާއި ލަވަކިޔުންތެރިޔާ ސްރީރާމާ ޗަންދްރާ އަދި މަޝްހޫރު ޔޫޓިއުބާ މަހޭޝް ކެޝްވާލާގެ އިތުރުން ޓީވީ އެކްޓްރެސް ޕްރަތިކްޝާއެވެ.

މިއަހަރުގެ ޖެނުއަރީގައި ނިންމާލި ”ބިގްބޮސް 17“ ކާމިޔާބު ކުރީ ސްޓޭންޑް-އަޕް ކޮމީޑިއަނެއް ގޮތުގައި މަގުބޫލުކަން ހޯދާފައިވާ މުނައްވަރު ފާރޫގީއެވެ.

މިދިޔަ އަހަރު ގެނެސްދިން ”ބިގްބޮސް އޯޓީޓީ 2“ ކާމިޔާބު ކޮށްފައި ވަނީ ޔޫޓިއުބާ އެލްވިޝް ޔާދަވްއެވެ. ”ބިގްބޮސް އޯޓީޓީ 1“ ކާމިޔާބު ކުރީ ޓީވީ އެކްޓަރެސް ދިވްޔާ އަގަރްވާލްއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
20260726_063413
ބާލިންގައި އެލްޖީބީޓީ ހަރަކާތެއްގެ ތެރެއަށް ކާރެއް އަރުވާލާ ދިން ޙަމަލާއެއްގައި މީހަކު މަރުވެ 16 މީހުން ޒަޚަމްވެއްޖެ، ލާދީނީ ހަރަކާތްތައް ވަގުތުން ހުއްޓާލައިފި
IMG_6640
ދެ އަހަރުން 590 މަޝްރޫއު ނިންމައިފި، މިއީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑު ކުރިއެރުމެއް: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި