Saturday, 24 October 2026
Ads by

ބޯޓުފަހަރަށް މުދާ ދޫކުރުމަށް ނޯތު ހާބަރުން އިތުރު 6 ސްލޮޓް ދޫކުރަނީ

ބޯޓުފަހަރަށް މުދާ ދޫކުރުމަށް ނޯތު ހާބަރުން އިތުރު 6 ސްލޮޓް ދޫކުރަނީ

މާލެ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ. މިއީ އެ ސަރަހައްދުގައި އޮޑިދޯނިފަހަރަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، މުދާ އުފުލާ ފަރާތްތަކަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަޙްމަދު ޢައްޒާމް ޝަރީފް ވިދާޅުވީ، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވެސް ބައެއް ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ހިމެނޭއިރު، މީގެ ސަބަބުން ދޯނިފަހަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްޒާމް ވިދާޅުވީ ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭގެ ތިރީބައިވެސް މިހާރު ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ދޫކުރުމަށް ހަމަޖެހިފައިވާ އިތުރު 6 ސްލޮޓެއް މިހާރު އިޢުލާން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އިއުލާންކުރެވި ބިޑް އުސޫލުން އެތަންތަން ލިބުނީމައި، އެތަންތަން ނަގާ ބޭފުޅުންނަށް ގުދަންކޮށްގެން ނުވަތަ ވިޔަފާރި އުސޫލުން އެތަނުގައި އެއްޗިހި ބަހައްޓައިގެން ބޯޓުތަކަށް ޑެލިވަރ ކުރެވޭނެ. މިއީ ބޯޓުތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް. ތަންކޮޅެއް ދުރުގައި ހުންނަ ފިހާރައަކުން ލިބޭ އެއްޗެއް ކައިރިން ލިބުމަކީ ފިހާރައިގެ މީހާއަށާއި އޮޑިދޯނިފަހަރަށްވެސް ލިބޭނެ ލުޔެއް،“ އައްޒާމް ވިދާޅުވިއެވެ.

އެމްޕީއެލް އިން ބުނިގޮތުގައި، މި ސްލޮޓްތައް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށެވެ. މީގެ މައިގަނޑު މަގުސަދަކީ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ވީހާވެސް އަވަހަށް އަދި ހެޔޮ އަގުގައި މުދާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ނިޒާމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން ބޯޓުފަހަރަށް މުދާ ޑެލިވަރީ ކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި