Sunday, 26 July 2026
Ads by

ޓްރަމްޕްގެ ސޮޔަކީ އެއްވެސް އަގެއްހުރި އަދި އިތުބާރު ކުރެވޭނެ އެއްޗެއް ނޫން: މުޖުތަބާ ޚާމަނާއީ

ޓްރަމްޕްގެ ސޮޔަކީ އެއްވެސް އަގެއްހުރި އަދި އިތުބާރު ކުރެވޭނެ އެއްޗެއް ނޫން: މުޖުތަބާ ޚާމަނާއީ

އިރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނައީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ފޮޓޯ ކޮލާޖު)

އެމެރިކާއާއެކު ޤާއިމުކުރި ސުލްހައިގެ ވަގުތީ އެއްބަސްވުން އެމެރިކާއިން މުގުރާލާފައިވާ ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮޔަކީ ”އެއްވެސް އަގެއް ނެތް، ބާތިލް“ އެއްޗެއްގެ ގޮތުގައި އީރާނުގެ އެންމެ މަތީ ރޫޙާނީ ވެރިޔާ އާޔަތުއްލާ މުޖްތަބާ ޚާމަނައީ އިޢުލާނުކޮށްފިއެވެ. ހަނގުރާމަ ފެށުނުފަހުން ޚާމަނައީ ލިޔުމުން ދެއްވި ފުރަތަމަ މި ބަޔާން ހޮނިހިރު ދުވަހު ވަނީ އީރާނުގެ ދައުލަތުގެ ޓީވީން އިއްވާފައެވެ.

Ad Image
Ads by

ޚާމަނައީ ބުނީ، މީގެ މަހެއްހާ ދުވަސް ކުރިން ދެޤައުމުގެ ރައީސުން ސޮއިކުރި ’ފަހުމުނާމާ‘ (އެމްއޯޔޫ) އާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށެވެ. އީރާނުގެ އެތެރޭގެ ބްރިޖްތަކަށާއި ފެން ކާރުޚާނާތަކަށް އެމެރިކާއިން ބޮންއެޅުމަކީ މީގެ ހެކިތަކެވެ. އޭނާ ބުނީ އެމެރިކާގެ ރައީސް ޓްރަމްޕުގެ ސޮޔަކީ ”އެއްވެސް އަގެއްހުރި އަދި އިތުބާރު ކުރެވޭނެ އެއްޗެއް ނޫން“ ކަމަށެވެ.

އެމެރިކާއިން ހަނގުރާމަ ވަރުގަދަކޮށް، އީރާނަށް ޙަމަލާދޭން އުޅޭނަމަ، އެމެރިކާގެ އަސްކަރިއްޔާއަށް ”ހަނދާނުން ނައްތާނުލެވޭނެ ފަދަ ހޫނު ފިލާވަޅުތަކެއް“ އީރާނުގެ ލަޝްކަރުތަކުންނާއި މުޅި މުޤާވަމަތު ފްރަންޓުން (ރެސިސްޓެންސް ފްރޮންޓު) ދޭނެ ކަމުގެ އިންޒާރު ޚާމަނައީ ދިނެވެ. މި ބަޔާނާއެކު އީރާނުގެ ޚާރިޖީ މުޝީރުން ވަނީ އެމެރިކާއާއެކު ދެން އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި