Sunday, 27 September 2026
Ads by

3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި

3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް---

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

Ad Image
Ads by

މިދިޔަ އޭޕްރީލް މަހު ވެސް ޕީސީބީން ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމަށް ސާކިއުލާއެއް ނެރެފައެވެ. ނަމަވެސް، މިދިޔަ އާދިއްތަ ދުވަހު އަލަށް ނެރުނު ސާކިއުލާގައި ވަނީ، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެ ލަނޑުދަނޑި ހާސިލުކުރުމަށް ސުންގަޑިއެއް ކަނޑައަޅާފައެވެ.

ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ބައެއް ކުންފުނިތަކުން މިހާރު ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، އެޗްޑީސީ އާއި ފެނަކަ ފަދަ ކުންފުނިތަކުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަސްދުވަހުގެ މުސާރައާ އެކު ވަކިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕީސީބީން ހާމަކުރި ގޮތުގައި، މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ކުންފުނިތަކުގެ މަސައްކަތާއި އެކަށީގެންވާ މިންވަރަކަށް މުވައްޒަފުންގެ އަދަދު ތަރުތީބުކުރުމެވެ. މި ބަދަލުތައް މޮނިޓަރ ކުރުމުގެ ގޮތުން، ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތަކުގެ ރިޕޯޓު ޕީސީބީއަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ، މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހުގައެވެ. އަދި ކުންފުނިތަކުގެ ނިޒާމުތައް އިސްލާހުކޮށް، މާލީ ހިންގުން ހަރުދަނާކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ކުރިން އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ކުންފުނިތަކުގެ އިސްރާފު ކުޑަކުރުމުގެ ގޮތުން މުސާރަ އާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި އާ މުވައްޒަފުން ނެގުމާއި މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލުމަށް ވެސް ވަނީ ނިންމާފައެވެ. އަދި އިތުރުގަޑީގެ މަސައްކަތްތަކާއި، ދަތުރުފަތުރާއި، އެހެނިހެން އިހުތިޔާރީ ހަރަދުތައް ކުޑަކުރުމަކީ ވެސް މި އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި