Wednesday, 9 September 2026
Ads by

ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރަނީ

ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރަނީ

ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ އެމްޑީ ޑރ. ޝާހު މާހިރު .. ފޮޓޯ| ޕީއެސްއެމް

ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ފަށައިފިއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބޭނީ ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ އެނގިގެން ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގައި މިވަގުތު ބޭހުގެ ސްޓޮކް ހުރި މިންވަރާއި، ކުރިއަށް އޮތް އަހަރު ބޭނުންވާނެ ބޭހުގެ ބާވަތްތަކާއި އަދަދު ދުރާލާ ދެނެގަނެވޭނެއެވެ. ޑރ. ޝާހު ވިދާޅުވީ، މި ސިސްޓަމްގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ބަލިމީހުން ތިބި އަދަދަށް ބަލައި، އެ ރަށަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ.

”ކުދި އާބާދީގައި ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތަށް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ. އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެނބަ އިނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން،“ ޑރ. ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ނިޒާމުގެ ތެރެއިން އާންމުންނަށް ޚާއްސަ ޕޯޓަލެއް ތައާރަފުކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖޭގައި ބޭސް ހުރި ތަންތަނާއި ބޭސް ލިބެން ހުރި މިންވަރު ކޮންމެ ރައްޔިތަކަށްވެސް ވަގުތުން ބަލައިލެވޭނެއެވެ.

ޑރ. ޝާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް މުޅިން ނިންމާލެވޭނެއެވެ. އަދި މިވަގުތު ރާއްޖެއަށް ދަތިވެފައިވާ ބޭސްތައް ގެނައުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ބޭސްތަކެއް ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ރައްޔިތަކަށްވެސް ފެންވަރު ރަނގަޅު ބޭސް ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުންކަމަށް ސަރުކާރުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި