Wednesday, 12 August 2026

Ads by

ބޭންކް އޮފް މޯލްޑިވްސްގެ އައު އުސްއަލިތަކާއި ކަސްޓަމަރުންނަށް ލިބުނު ފަހި ފުރުޞަތުތައް!

އެކި ގްރެފިކްސް: އަލާއު

ދިވެހިރާއްޖޭގެ ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ބޮޑު ތަނބެވެ. މިއަހަރަކީ އެ ބޭންކުގެ ތާރީޚުގައިވެސް ރައްޔިތުންނާ ގާތުން، ޒަމާނީ އަދި ބޭނުންތެރި ގިނަ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކުރި އަހަރެކެވެ. ބޭންކުގެ މަޤްޞަދަކީ ހަމައެކަނި މާލީ ފައިދާ ހޯދުން ނޫންކަން ހާމަކޮށްދެމުން، މިއަހަރުގެ ތެރޭގައި ވަނީ ކަސްޓަމަރުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދޭނެ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

ވިއުގަ ފުޅާކުރުމާއި އޭޓީއެމްގެ ޚިދުމަތް

މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތް މިއަހަރު ވަނީ އައު ހަރުފަތަކަށް ވާޞިލުވެފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް ނިންމާފައިވާއިރު، މިއަހަރުގެ މިހާތަނަށް އެކަނިވެސް 13 އައު ބްރާންޗެއް ވަނީ ހުޅުވާފައެވެ. މިއާއެކު، 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗުން މިހާރު ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގ ޚިދުމަތް ހޯދުމަށް ފަހިވެގެންދިޔަ ބޮޑު ފުރުޞަތެކެވެ.

ޑިޖިޓަލް އިންގިލާބު: ”ސްވައިޕް“ އަދި ”ސްޕްލިޓް ޕޭ“

ޓެކްނޮލޮޖީގެ ރަންޒަމާނުގައި ބީއެމްއެލްއިން ވަނީ ”ސްވައިޕް“ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ބައިނަލްއަޤުވާމީ މާކެޓަށް ދިވެހިން ހުޅުވާލަދީފައެވެ. މިހާރު ސްވައިޕް މެދުވެރިކޮށް ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން އަމިއްލަ އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރެއް (IBAN) ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މިހާތަނަށް 20,000 އަށްވުރެ ގިނަ މީހުން މި ޚިދުމަތް ބޭނުންކުރަމުން ދިއުމަކީ މީގެ މަޤްބޫލުކަން ހާމަވާ ކަމެކެވެ.

މީގެ އިތުރުން، ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް ތަޢާރަފުކުރި ”ބީއެމްއެލް ސްޕްލިޓް ޕޭ“ އަކީ ވިޔަފާރިވެރިންނަށާއި އާންމުންނަށް ލިބުނު ބޮޑު ލުޔެކެވެ. 1,500 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށް ފައިސާ ދެއްކުން 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލެވޭ މި ޚިދުމަތުގެ ސަބަބުން، އަގުބޮޑު ތަކެތި ގަތުމުގައި މާލީ ބުރަ ކުޑަވެގެންދެއެވެ.

އިންވެސްޓްމަންޓާއި ލޯނުގެ ލުއިތައް

މިއަހަރުގެ ޖޫން މަހު ތަޢާރަފުކުރި ”އިންވެސްޓްމަންޓްސް“ ޚިދުމަތަކީ ކަސްޓަމަރުންގެ ފައިސާއަށް އެންމެ އެކަށީގެންވާ ނަފާ ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ. %25 އާ ހަމައަށް ފައިދާ ލިބޭ މި ޕޫލްތަކުގައި އިންވެސްޓްކުރާ ޑޮލަރަށްވާ ދިވެހި ރުފިޔާ ވަގުތުން އެކައުންޓަށް ޖަމާވުމަކީ އިންވެސްޓަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ލޯނު ދޫކުރުމުގެ ސިޔާސަތަށް ގެނައި ބަދަލަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ލޯނު ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް ބަދަލުކުރުމަކީ ގިނަ ދުވަސްވީ މީހުންނަށްވެސް މާލީ އެހީތެރިކަން ހޯދުމުގެ ދޮރު ހުޅުވިގެންދިޔަ ކަމެކެވެ. ހަމައެއާއެކު، ހޯމް ކޮންސްޓްރަކްޝަން ލޯނަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %20 އިން %5 އަށް ކުޑަކުރުމަކީ ގެދޮރުވެރިކަމުގެ ހުވަފެން ދެކޭ އެތައް ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެކެވެ.

މާލީ ކާމިޔާބީ އާއި ކުރިމަގު

ބީއެމްއެލްގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ނިމުނުއިރު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8 ގެ ކުރިއެރުމެކެވެ. އަދި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރު ހޯދި ކާމިޔާބީތަކަކީ ހަމައެކަނި ހިސާބުތަކުން ފެންނަ ކުރިއެރުމެއް ނޫނެވެ. އެއީ ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ޚިދުމަތްތައް ޒަމާނީކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ފަސޭހައިން ބޭންކިންގ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކުރުމަށް ކުރި އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާއެވެ. ޤައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް މިއަދު ފެންނަނީ މާލީ ގޮތުން ހަރުދަނާ، އަދި ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ ދިވެހިންގެ ބޭންކެއްގެ ގޮތުގައެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް