Wednesday, 9 September 2026
Ads by

ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންކުރާނީ ޑިޖިޓަލްކޮށް: އިޙްސާން

ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންކުރާނީ ޑިޖިޓަލްކޮށް: އިޙްސާން

ހޯމް މިނިސްޓަރު ޢަލީ އިޙްސާން--- ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ބައްޓަންކުރާނީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލައިޒްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު އިޙްސާން މި މޭރުމުން ވިދާޅުވީ ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖެއްގައެވެ. މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ އެންމެ ދިގު ތާރީހެއް އޮތް މުއައްސަސާގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ބައްޓަންވެގެން ދާނީ ހިދުމަތްތައް ހަރުދަނާކުރެވި، ޑިޖިޓަލް އެންވަޔަރަމެންޓެއްގައި ކަމަށެވެ.

އަދި އެންފޯރސްމަންޓްގެ މަސައްކަތްތަކުގައި ޓެކްނޮލޮޖީ އެމްބެޑް ކުރެވި، ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ކަސްޓަމްސްއިން ކަމަރު ބަންނާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން ދައުލަތަށް ވަންނަ އާމްދަނީ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ކަސްޓަމްސްއިން އަދާކުރާ ދައުރު ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މަސްތުވާތަކެއްޗާއި ގާނޫނީ ގޮތުން މަނާ ތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ކަސްޓަމްސްގެ އޮފީސްތައް ގާއިމްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތް ފަށާފައިވަނީ، 18 ޖުލައި 1890 ގައެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި އޭރު ފެށި މި ހިދުމަތް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމަށް ބަދަލުވީ، 11 ނޮވެމްބަރ 1998 ގައެވެ. އަދި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި ކަސްޓަމްސް ބަދަލުވެގެންދިޔައީ، 11 މެއި 2011 ގައި ތަސްދީގުކުރި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި