Wednesday, 9 September 2026
Ads by

ބަހުރައިންގެ ޝެއިޚް ޢީސާ ބޭހަށާއި ކުވައިތުގެ އަލް އަޙްމަދީ ބަނދަރަށް އީރާނުން ޙަމަލާދީފި

ބަހުރައިންގެ ޝެއިޚް ޢީސާ ބޭހަށާއި ކުވައިތުގެ އަލް އަޙްމަދީ ބަނދަރަށް އީރާނުން ޙަމަލާދީފި

އީރާނުން ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ޙަމަލާދީފައިވާ މަންޒަރު. (އިންޑިއާޓުޑޭ)

އެމެރިކާއިން ޖެހިޖެހިގެން 7 ރޭ ވަންދެން އީރާނަށް ދެމުންދާ ވަރުގަދަ ވައިގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބަހުރައިންގައި ހުންނަ އެމެރިކާގެ ޝެއިޚް ޢީސާ އެއާ ބޭހަށާއި ކުވައިތުގެ އަލް އަޙްމަދީ ބަނދަރަށް ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ދީފިއެވެ.

Ad Image
Ads by

ބަހުރައިންގެ ޝެއިޚް ޢީސާ ބޭސް

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނިގޮތުގައި، އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތައް ބާއްވާ ހޭންގަރުތަކަށާއި، އަސްކަރީ މުވާޞަލާތީ ނިޒާމުތަކުގެ އިތުރުން ތެޔޮ ރައްކާކުރާ ޓޭންކުތަކަށް ވަނީ ސީދާ ޙަމަލާ އަރާފައެވެ. މިއާއެކު މުޅި ރޭ ބަހުރައިންގައި ވަނީ ނުރައްކަލުގެ ސައިރަން އަޅާފައެވެ.

ކުވައިތުގެ އަލް އަޙްމަދީ ބަނދަރު

އީރާނުން ވަނީ ކުވައިތުގެ އަލް އަޙްމަދީ ބަނދަރުގައި ހުރި އެމެރިކާ ލޮޖިސްޓިކްސްއަށް ބޭނުންކުރާ ތެޔޮ ފޯރުކޮށްދޭ ޖެޓީއަކަށް ޙަމަލާދީފައެވެ. މި ޙަމަލާތަކުގެ ސަބަބުން ކުވައިތުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށް، ކުވައިތު އެއާވޭސްގެ ހުރިހާ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށް ނުވަތަ ގަޑި ބަދަލުކޮށްފައެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނަނީ އެމެރިކާއިން އީރާނުގެ އެތެރޭގެ އުމްރާނީ ތަންތަނަށް ޙަމަލާދޭން އުޅޭނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ އެހެން ބޭސްތަކަށްވެސް ޙަމަލާތައް ފުޅާކުރާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި