Saturday, 24 October 2026
Ads by

ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށަނީ

ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދަ ޕަލްސް ޕޮޓްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މިހާރު ކުރިއަށްދާ ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސަރަހައްދު ނިމުމާއެކު، ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

”އިރާދަކުރެއްވިއްޔާ މަގުގެ މި ބައިގެ މަސައްކަތް މިހާރު މި ނިމެނީ. ދެން އޮތީ އެމްޕީއެލުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ތަރައްގީކުރުން. މިއީ ހަގީގަތުގައި އެންމެ ބޮޑަށް ހަލާކުވެފައި އޮތް ސަރަހައްދު. މި ބައި ނިމުމުން ބާޒާރުމައްޗަށާއި މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،“ – ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ބޭރު މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ތަރައްގީކުރުމުން މުޅި މާލޭގެ ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް އަންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ބަދަލާއެކު ބާޒާރުމަތީގެ ތޮއްޖެހުން ކުޑަވެ، މާލޭގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވުން ހައްލުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭގެ ފަޅުތެރެއިން ބައެއް ހިއްކައިގެން ޕާކިންގ ޒޯނެއް ތަރައްގީކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ތަރައްގީކޮށްފައިވާ ސަރަހައްދުގައި 500 އަށްވުރެ ގިނަ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި