Wednesday, 9 September 2026
Ads by

މަސައްކަތް މިކުރަނީ ހަފްތާއެއްގެ ތެރޭގައި ބޭރު މަގު ހުޅުވަން، އޭރުން ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް

މަސައްކަތް މިކުރަނީ ހަފްތާއެއްގެ ތެރޭގައި ބޭރު މަގު ހުޅުވަން، އޭރުން ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ބޭރުމަގު ފުޅާކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އިއްޒުއްދީން ފާލަމާ ހަމައަށް މަގު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއުގެ ސަބަބުން އިއްޒުއްދީން ފާލަމުން ފެށިގެން އައިޖީއެމްއެޗާ ހަމައަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަގު ފުޅާކުރުމުގެ މަސައްކަތާއެކު ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަގުގެ އަރިމަތީގައި ޕާކުކުރުމުގެ ބަދަލުގައި، އަލަށް ހިއްކި ސަރަހައްދުގައި 500 އެއްހާ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތް ނިމުމުން އިއްޒުއްދީން ފާލަމުން ފެށިގެން އައިޖީއެމްއެޗާ ހަމަޔަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ. އަދި މަގުގެ އަރިމަތީގައި ޕާކުކުރުމުގެ ބަދަލުގައި، އަލަށް ހިއްކި ސަރަހައްދުގައި 500 އެއްހާ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ – ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް ތަރައްގީކުރާ ސަރަހައްދުގައި ކީ-ވޯލް ހަރުކުރުމުގެ ސަބަބުން ލޯންޗް ފަހަރަށް ފަސޭހަކަމާއެކު ކައިރިކުރެވޭނެ ޖާގަ ލިބި، މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށާއި ދަތުރުވެރިންނަށް ބޭނުންވާ ބެންޗުތަކާއި ހިޔާ ލިބޭނެ އިންތިޒާމުތައްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް މަގުތައް ހެދުމުން މާލޭގެ ވިޔަފާރި ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.. ސަރުކާރުގެ އަމާޒަކީ ހަމައެކަނި މަގުތައް ފުޅާކުރުން ނޫން ކަމަށާއި މާލެއަށް އެތެރެކުރާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން މާލޭގެ ތޮއްޖެހުން ކުޑަކުރުން ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި