Wednesday, 9 September 2026
Ads by

ސިހުރު ހަދާ މީހުންނާއި އެކަން އުނގަންނައިދޭ މީހުންނަކީ ކާފިރުން: ޚުޠުބާ

ސިހުރު ހަދާ މީހުންނާއި އެކަން އުނގަންނައިދޭ މީހުންނަކީ ކާފިރުން: ޚުޠުބާ

ސިހުރުހާހޫރައަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްކަމާއި، އެއީ އިންސާނާގެ އީމާންކަން ފުނޑުފުނޑުކޮށްލާ ޝިރުކުގެ ޢަމަލެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ”ސިހުރުހާހޫރައިގެ ނުބައިކަން“ މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ، ސިހުރުވެރިންގެ ކިބައިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމާއި އެނޫންވެސް ހާލަތްތަކުގައި ސިހުރުވެރިންގެ އެހީތެރިކަން ހޯދުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

Ad Image
Ads by

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން އެއީ ޙަޤީޤަތެއްކަން ސާބިތުވާ ކަމެކެވެ. ސިހުރަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކާއި، ހަދާ މަންތަރުތަކާއި، ޖަހާ އަކަތަކާއި ގޮށްތަކެއްގެ ސަބަބުން، މީހާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް ނުވަތަ ހިތަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މާތް ﷲ ވަނީ ސިހުރު ހަދާ މީހުންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދުމަށް އަމުރުކުރައްވާފައެވެ.

ސިހުރުވެރިއަކަށް ވެވެނީ ޝައިޠާނާއަށް ފުރިހަމައަށް ކިޔަމަންވެ، މާތް ﷲ އަށް އުރެދި، ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމުން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވިވަރަކަށް އޭނާގެ ސިހުރުގެ ބާރުގަދަވާކަން ފާހަގަކޮށް، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަން ހަނދާންކޮށްދީފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި މީހާގެ ނަމާދު ސާޅީސް ދުވަސް ވަންދެން ޤަބޫލުނުކުރައްވާނެއެވެ. އަދި އެފަދަ މީހަކު ބުނާ ބަސް ޤަބޫލުކޮށްފި ނަމަ،  އެމީހަކު ކާފިރުވެއްޖެއެވެ.

މުޖުތަމަޢުގައި ހުރި ނުބައި އާދަތަކަށް އިޝާރާތްކުރަމުން ޚުޠުބާގައި ބުނީ، ކޮންމެ މުޞީބާތަކީ ސިހުރުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ އާދައެއް ނޫން ކަމަށެވެ. ފެންނަ ހުވަފެނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުގެ ސަބަބުންވާ ކަންކަން ކަމަށް ބަލައި ސިހުރުވެރިންގެ ފަހަތުން ދިއުމުގެ ބަދަލުގައި، މާތް ﷲ އަށް ވަކީލުކޮށް، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ފަރުވާ ހޯދުމުގައި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް ގޮވާލަމުން ޚުޠުބާ ނިންމާލާފައިވަނީ، ސިހުރުވެރިންގެ މަކަރާއި ޙީލަތުން ރައްކާތެރިވެ، ދީނީ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުމަށް އެންމެހާ މުސްލިމުންނަށް އިލްތިމާސްކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި