Sunday, 26 July 2026
Ads by

ހޮރްމޫޒް އަދި ރެޑް ސީ ބަންދުކުރުމުގެ ބިރާއެކު މިހަފްތާގައި ތެލުގެ އަގު 12 އިންސައްތައަށް އުފުލިއްޖެ

ހޮރްމޫޒް އަދި ރެޑް ސީ ބަންދުކުރުމުގެ ބިރާއެކު މިހަފްތާގައި ތެލުގެ އަގު 12 އިންސައްތައަށް އުފުލިއްޖެ

ގްރެފިކްސް (ޓީބީއެސް)

އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، މެދުއިރުމަތީގެ އެންމެ މުހިންމު ދެ ކަނޑުއޮޅި ކަމަށްވާ ހޮރްމޫޒް އަދި ރެޑް ސީ (ބާބުލް މަންދަބު) އެއްކޮށް ބަންދުވެދާނެ ކަމުގެ ބިރު ބޮޑުވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހަފްތާގައި 12 އިންސައްތައަށް އުފުލިއްޖެއެވެ.

Ad Image
Ads by

އަގުތަކަށް އައި ބަދަލު

– ބްރެންޓް ކުރޫޑް: ބައިނަލްއަޤްވާމީ ބާޒާރުގައި ބްރެންޓް ތެލުގެ އަގު 1.05 ޑޮލަރު އުފުލި، ފީފާއަކަށް 85.28 ޑޮލަރަށް ވަނީ އަރާފައެވެ.

– ޑަބްލިއު.ޓީ.އައި: އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓްގެ އަގު 1.03 ޑޮލަރު މަތިވެ، ފީފާއަކަށް 79.98 ޑޮލަރަށް ވަނީ ޖެހިލާފައެވެ.

ދެ ކަނޑުއޮޅީގެ ނުރައްކާ

ތެލުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވީ، އެމެރިކާއިން އީރާނުގެ އެތެރޭގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ޙަމަލާދީފިނަމެ، ރެޑް ސީ އަށް ވަދެވެން އޮންނަ ’ބާބުލް މަންދަބު‘ ކަނޑުއޮޅި އެއްކޮށް ބަންދުކުރުމަށް ޔަމަނުގެ ހޫޘީންނަށް އީރާނުން އަންގާފައިވާކަމުގެ ޚަބަރު ލިބުމާ ގުޅިގެންނެވެ. ހޮރްމޫޒް ކަނޑުއޮޅި މިހާރުވެސް ބަންދުވެފައި އޮތްއިރު، ބާބުލް މަންދަބު ވެސް ބަންދުވެއްޖެނަމަ ދުވާލަކު 20 މިލިއަން ފީފާގެ ތެޔޮ ސަޕްލައި ހުއްޓޭނެއެވެ. މިއީ ދުނިޔޭގެ ވިޔަފާރިއަށް ކުރިމަތިވާނެ އެންމެ ބޮޑު ކާރިސާއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ޖެހިޖެހިގެން 6 ވަނަ ރެއަށް އީރާނަށް ވައިގެ ޙަމަލާތައް ދެމުންދާއިރު، ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އިދާރާ (އައިއީއޭ) ގެ ވެރިޔާ ފާތިހް ބިރޯލް ބުނީ، ކުރިއަށް އޮތް ހަފްތާތަކުގައި މަސްރަޙު ފިނިނުވެއްޖެނަމަ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަން މުޅިން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި