Wednesday, 9 September 2026
Ads by

އަތޮޅުތެރޭގެ 17 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ހަވާލުކޮށްފި

އަތޮޅުތެރޭގެ 17 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާ މިއަދު ހަވާލުކޮށްފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެމްބިއުލާންސްތަކުގެ ތަޅުދަނޑި އާއި މެނުއަލްތައް ސިއްޙީ މަރުކަޒުތަކާ ހަވާލުކޮށްދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީއެވެ. މި ރަސްމިއްޔާތުގައި އެމްބިއުލާންސް ލިބުނު ރަށްތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަތޮޅުތެރޭގެ 17 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން..

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އައު އެމްބިއުލާންސް ހޯދުމުގެ މި މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްގެންނެވެ. މިގޮތުން 31 އެމްބިއުލާންސް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި 36.2 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ދަށުން، މިދިޔަ މާރިޗު މަހު ވަނީ 14 އެމްބިއުލާންސެއް ހަވާލުކޮށްފައެވެ. މިއަދު ހަވާލުކުރެވުނީ އޭގެ ބާކީ ހުރި 17 އެމްބިއުލާންސެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، މިއީ އަތޮޅުތެރޭގެ ސިއްޙީ ނިޒާމު އިތުރަށް ފުރިހަމަކޮށް، ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިފަދަ ވަސީލަތްތައް ފޯރުކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލަމްޢާން ވިދާޅުވީ، އެމްބިއުލާންސް ގެނައުމުގެ އިތުރުން އެ ތަކެތި ސާވިސްކުރުމާއި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައްވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެމްބިއުލާންސް ހަވާލުކުރެވުނު 17 ރަށަކީ: 

ށ. ކޮމަންޑޫ، ށ. ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ. ފޮނަދޫ، ގއ. ކޮނޑޭ އަދި ގދ. ވާދޫއެވެ.

މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް ޖުމްލަ 87 އެމްބިއުލާންސް ރަށްރަށާ ހަވާލުކުރެވިފައިވާއިރު، ޚިދުމަތް މެދުކެނޑިފައިވާ އިތުރު 4 ރަށަކަށްވެސް މިއަހަރު ތެރޭގައި އެމްބިއުލާންސް ފޯރުކޮށްދޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، މާލެ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ފެށުމަށް 10 ޕެރަމެޑިކް އެމްބިއުލާންސް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި