Wednesday, 9 September 2026
Ads by

އީރާނުގެ ކަރަންޓު ނެޓްވޯކްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި، ހަނގުރާމައިގެ ޚަރަދު 80 ބިލިއަނަށް!

އީރާނުގެ ކަރަންޓު ނެޓްވޯކްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި، ހަނގުރާމައިގެ ޚަރަދު 80 ބިލިއަނަށް!

ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާނުގެ އާ ސުޕްރީމް ލީޑަރ، މުޖުތަބާ ޚާމަނާއީ. (ފޮޓޯ: އިންޑިއާޓުޑޭ)

އީރާނުން އެމެރިކާގެ ޝަރުޠުތަކަށް އެއްބަސްނުވެއްޖެނަމަ، އަންނަ ހަފްތާގައި އެޤައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ހައިވޭ ބްރިޖްތައް އެއްކޮށް ނައްތާލާނެ ކަމުގެ ހަރުކަށި އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ހަމައެއާއެކު، ހަނގުރާމަ ދިގުލައިދިއުމުގެ ސަބަބުން ޕެންޓަގަނުން ވަނީ ކޮންގްރެސްއަށް ބޮޑު ބަޖެޓެއް ހުށަހަޅާފައެވެ.

Ad Image
Ads by

އިންޒާރުގެ ތަފްސީލު

ޕެންސިލްވޭނިއާގައި ބޭއްވި ބައްދަލުވުމެއްގައާއި މީޑިއާތަކަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ، ހުރުމްޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލަން އީރާނުން ދެކޮޅުހަދާނަމަ، އެމެރިކާގެ ވައިގެ ޙަމަލާތައް އީރާނުގެ އާންމު ވަޞީލަތްތަކަށް އަމާޒުކުރާނެ ކަމަށެވެ. ޓްރަމްޕް ބުނީ، ”އަންނަ ހަފްތާގައި އީރާނަށް ވަރަށް ގޯސްވާނެ. އެއީ ކަރަންޓު ބޭސްތަކާއި ބްރިޖްތަކަށް ހަމަލާދޭނެތީ. އެމީހުން މަޝްވަރާއަށް ނައިސްފިނަމަ ހުރިހާ ތަނެއް ހަލާކުކޮށްލާނަށް.“ ޓްރަމްޕް އިތުރަށް ބުނީ އީރާނުން އޮތީ ބަލިވުމާ ގާތްވެ، ސުލްހަވާން އިންތިހާއަށް ބޭނުންވެފައެވެ.

ބޮޑު ބަޖެޓުގެ ޚަރަދު

އެމެރިކާއިން ކުރިއެރުންތައް ހޯދަމުންދާ ކަމަށް ބުނި ނަމަވެސް، މި ހަނގުރާމައިގެ މާލީ ބުރަ ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ ސެނެޓަރުންނާ ބައްދަލުކޮށް، އީރާނު ހަނގުރާމައިގެ ޚަރަދުތައް ފޫބެއްދުމަށް 80 ބިލިއަން ޑޮލަރުގެ ކުއްލި ބަޖެޓަކަށް އެދެފައެވެ.

ޓްރަމްޕު ދެއްކި ވާހަކަތަކަށް ރައްދުދެމުން އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުގެ ކަރަންޓު ނެޓްވޯކްތަކަށް ހަމަލާދީފިނަމަ، މުޅި މެދުއިރުމަތީގައި ހުރި އެމެރިކާއަށް ވާގިވެރިވާ ހުރިހާ ޤައުމެއްގެ އިޤްތިޞާދީ އަދި އަސްކަރީ ވަޞީލަތްތައް ”ފުނޑުފުނޑުކޮށްލާނެ“ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި