Ads by
ޚަބަރު
ބޭބެ މަރާލި މަވާޒު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މިދިޔަ މެއި މަހު އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހުސައިން މަވާޒުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

Ads by Eki Online

މި މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މަވާޒުގެ މައްޗަށް ވަނީ 12 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ކުށުގެ ކައްފާރާގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް މަވާޒުއަށް އަންގާ ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ މަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މަވާޒް ވަނީ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. މަވާޒް ބުނީ އެރޭ ބޭބެއާ ރެސްޓޯރަންޓަކުން ދިމާވި ކަމަށާއި، އެތަނުން ބޭބެގެ ފޯނު ނަގައިގެން އޭނާ ދިޔައީކަމަށެވެ. އަދި ގެއަށް ދިޔައީ މަސްތުވާއެއްޗެއް ބަލާކަމަށާއި، ގެއަށް އައުމުން ބޭބެ ސުވާލު ކުރި ކަމަށެވެ. ސުވާލު ކުރުމުން، ބޭބެގެ ފޯނު ސިމާއެކު ވިއްކާލިކަމަށް ބުނުމުން ހަމަނުޖެހުން އުފެދި މާރާމާރީ ހިނގަން މެދުވެރިވީކަމަށް މަވާޒް ބުންޏެވެ.

އަދި ބޭބެއަށް ޙަމަލާދިނީ 3 އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުންކަމަށެވެ. ޙަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށްކަމަށް އޭނާ ބުންޏެވެ.

މަވާން ބުނީ ކުށަށް އިއުތިރާފްވާ ކަމަށާއި ތައުބާވެސް ވެފައިވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *