Wednesday, 9 September 2026
Ads by

ސިފައިންގެ އަސާސީ ތަމްރީނު ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކޮށްފި

ސިފައިންގެ އަސާސީ ތަމްރީނު ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކޮށްފި

ސިފައިންގެ އަސާސީ ތަމްރީނު ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުން--- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން، އެމީހުންގެ ތަމްރީނުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިއަދު ހުވާކޮށްފިއެވެ.

Ad Image
Ads by

ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގެ ހެވިކަމުގެ މައިދާނުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީގެ އިތުރުން ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހަރުގެ 2 ބެޗުން ޖުމްލަ 255 ދަރިވަރުން ވަނީ ސިފައިންގެ ހުވާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ 138 ދަރިވަރުންނާއި، 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ 117 ދަރިވަރުންނެވެ. ދަރިވަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސައިން މަޒީދެވެ.

ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ތަމްރީނު ނިންމި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވުމެވެ. ތަމްރީނު ނިންމި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ކުރިއަށްގެންދިޔަ މި ކޯހަކީ 7 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޯހެކެވެ. މީގެ ތެރެއިން 72 ވަނަ ބެޗުގެ ތަމްރީނުތައް އައްޑޫ ސިޓީގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔައިރު، 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ ކ. ގިރިފުށީގައެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް، ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ބޭނުންވާ އިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގޭ ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަގްސަދަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، އަހްލާގީ ގޮތުން ނަމޫނާ، އަމުރަށް ކިޔަމަންތެރިވާ އަދި ހަށިހެޔޮ ސިފަވަންތަ ސިފައިންގެ ބަޔަކު ބިނާކުރުމެވެ.

މިއަދުގެ މި ރަސްމިއްޔާތާއެކު، އަލަށް ހުވާކުރި 255 ދަރިވަރުން މިހާރު ވަނީ ރަސްމީކޮށް ދިވެހި ގައުމީ ދިފާއީ ބާރުގެ ހިދުމަތާ ގުޅިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި