Monday, 27 July 2026
Ads by

ދިވެހި ތަރިކައިގެ ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ތަރިކައިގެ ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

ދިވެހި ތަރިކައިގެ ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ.

Ad Image
Ads by

ދިވެހި ތަރިކައަށް ހާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ސްކޮލަރޝިޕަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) މެދުވެރިކޮށް ”މާސްޓަރ އިން ރިސާރޗް އެންޑް ޕަބްލިކޭޝަންސް“ ސަނަދު ހާސިލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މިއީ ދިވެހި ތަރިކައިގެ އިލްމު އުފެއްދުމާއެކު، ގާބިލު ތަރިކަވެރިންތަކެއް އުފެއްދުމުގެ މަގުސަދުގައި ހުޅުވާލި ފުރުސަތެކެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ފުރިހަމައަށް ސްޕޮންސަރ ކޮށްގެން ކުރިއަށްގެންދާ މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. 2 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ރިސާރޗް ޕްރޮގްރާމްގެ ދަށުން، ކޮންމެ މަހަކު އެއްފަހަރު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް ހާޒިރުވެ، ދާއިރާގެ އަމަލީ މަސައްކަތްތަކުގައި ބައިވެރިވާންޖެހެއެވެ. މި ސްކޮލަރޝިޕްގައި ދިރާސާކުރާނެ މައުޟޫއުތައް ކަނޑައަޅާނީ އެ މަރުކަޒުންނެވެ.

މި ފުރުސަތުގެ ދަށުން ބައިވެރިންނަށް ތަރިކައިގެ ދާއިރާގެ ފަންނީ ހުނަރުތައް ދަސްކުރުމުގެ އިތުރުން، އިލްމީ އަދި ދިރާސީ ފޮތްތައް ޝާއިއުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސްކޮލަރޝިޕްގެ ބައިވެރިން ފުރިހަމަކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

  • ކަނޑައެޅޭ މައުޟޫއާ ގުޅޭގޮތުން ކޮންމެ މަހަކު 1 ދިރާސާ ކަރުދާސް ތައްޔާރުކޮށް ޝާއިއުކުރުން.
  • ދިރާސާކުރާ ދާއިރާއިން މަދުވެގެން 1 ފޮތް ދިވެހިބަހަށް ތަރުޖަމާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުގެ ކޮމެންޓްރީއެއް ތައްޔާރުކުރުން.
  • ކޯސް ނިންމުމަށްފަހު 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ހިދުމަތްކުރުން.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުވެސް މި ދާއިރާއިން 40 ފަރާތަކަށް ވަނީ ”ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް“ ދީފައެވެ. ދިވެހި ގައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަސައްކަތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260727_100608_767
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
20260727_064622
ސޫރިޔާގެ ދައިރުއްޒޫރުން ދިމަޝްޤަށް ދަތުރުކުރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހުން މަރުވެއްޖެ
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި