Wednesday, 9 September 2026
Ads by

ތައިލެންޑުގެ ހަލާލް ކާބޯތަކެތީގެ މައުރަޒުގައި މިފްކޯގެ އުފެއްދުންތައް ދައްކާލައިފި

ތައިލެންޑުގެ ހަލާލް ކާބޯތަކެތީގެ މައުރަޒުގައި މިފްކޯގެ އުފެއްދުންތައް ދައްކާލައިފި

ތައިލެންޑްގެ ހަލާލް ކާބޯތަކެތީގެ މައުރަޒުގައި މިފްކޯގެ އުފެއްދުންތައް ދައްކާލުން---

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ ހަލާލް ކާބޯތަކެތީގެ މައުރަޒެއްގައި މިފްކޯގެ މަހުގެ އުފެއްދުންތައް ދައްކާލައި، ބައިނަލްއަގުވާމީ ބާޒާރަށް ތައާރަފުކޮށްފިއެވެ.

Ad Image
Ads by

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާއި ހަމައަށް ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ މި މައުރަޒުގައި މިފްކޯއިން ބައިވެރިވެފައިވަނީ ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަމާއެކުގައެވެ.

މިއީ ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އެއް ހަލާލް ކާބޯތަކެތީގެ މައުރަޒަށްވާއިރު، މިއީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތަކާއި ދިވެހިވަންތަ ރަހަތައް ބައިނަލްއަގުވާމީ ބާޒާރުގައި އިޝްތިހާރު ކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް މިފްކޯއިން ފާހަގަކުރެއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މި މައުރަޒުގެ ސަބަބުން ވިޔަފާރީގެ އާ ފުރުސަތުތައް ފަހިވެ، ބައިނަލްއަގުވާމީ ބައިވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

އަދި މިއީ ތިމާވެއްޓާ ރައްޓެހި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ވެފައިވާ އިގުރާރު ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމުން މަންދޫބުން ބައިވެރިވާ މި މައުރަޒަށް 12،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކުރާ ގައުމަކީ ތައިލެންޑް ކަމަށްވާއިރު، މިހާރު ގިނައިން ބޭރުކުރާ ރޯމަހުގެ އިތުރުން، މިފްކޯގެ އަގު އެއްކުރި އުފެއްދުންތައް އެ ގައުމުގެ ބާޒާރުގައި ޕްރޮމޯޓް ކުރުމަށް މި ހަރަކާތުގެ ތެރެއިން ބޮޑު އިސްކަމެއްދެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް މިހާރު ހުރި މާކެޓުތައް ފުޅާކޮށް، އައު މާކެޓުތަކަށް ދިވެހި އުފެއްދުންތައް ތައާރަފުކުރުމެވެ. ތައިލެންޑް އެމްބަސީގެ އެހީތެރިކަމާއެކު މިފްކޯއަށް ލިބުނު މި ފުރުސަތަކީ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކޮށް އޭޝިއާ ސަރަހައްދުގެ ފެންވަރު ރަނގަޅު ބަޔާސް އަދި ޑިސްޓްރިބިއުޓަރުންނަށް ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ އުފެއްދުންތައް ދައްކާލުމަށް ލިބުނު ރަން ފުރުސަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި