Ads by
ޚަބަރު
ޑިމޮކްރެޓްސް އާއެކުވެސް ކޯލިޝަން ހަދަން މިހިރީ ތައްޔާރަށް, ގޮތް ނިންމާނީ އެ ޕާޓީން: މުޢިއްޒު

ޑިމޮކްރެޓްސް އާއެކުވެސް ކޯލިޝަން ހަދަން ތައްޔާރަށް ހުރިކަމަށާއި ގޮތް ނިންމާނީ އެ ޕާޓީން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މުޢިއްޒު މިފަދައިން ވިދާޅުވީ އެމްއެންޕީއާއި ޕީޕީއެމް-ޕީއެންސީއިން ޤައުމީ ފިކުރެއްގައި، ގުޅިގެން މަސައްކަތް ކުރުމަށް މިއަދު އެކުލަވައިލި ކޯލިޝަން އެއްބަސްވުމާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މުޢިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދިއުމަށް އެ ޕާޓީން ފަށައިގެން އުޅޭ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޕާޓީތައަކަށް ވެސް އޮތް ކަމަށެވެ. އަދި އަދި އެ ފުރުސަތު ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސް އަށްވެސް އޮތްކަމަށާއި “ބޯލް އިސް އިން ދެއާ ކޯޓް” ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން އެ ކޯލިޝަންގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް މިއަދު ވަނީ ވަޑައިގެންފައެވެ.

ޤާސިމްއާއެކު ޕީޕީއެމް/ޕީއެންސީން ބާއްވާ ޚާއްސަ ބައްދަލުވުން އޮންނާނީ މިރޭ ސަން އައިލޭންޑް ވިލާ ޕާކްގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *