ސްކޫލު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އުދުހުންތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން “އެކްސް”ގައި ކޮށްފައިވާ ޕޯސްޓެއްގައި ސްކޫލު ބަންދާއި ދިމާކޮށް ޑިމާޑް ބޮޑުވެފައިވާތީ ފްލައިޓްތައް އިތުރުކޮށްފައިވާ ކަމަށެވެ.
އިތުރުކޮށްފައިވާ ދަތުރު ތަކުގެ ތެރޭގައި
- މެއި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހޯރަފުށި ދެ ކޮޅު ދަތުރު
- މެއި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު ތިމަރަފުށްޓަށާއި މާފަރަށާއި މަޑިވަރަށާއި ހަނިމާދޫއަށް ދެ ކޮޅު ދަތުރު
- މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ ފަރެސްމާތޮޑާ، ގަން، ފުނަދޫ އަދި ފުވައްމުލަށް ދެ ކޮޅު ދަތުރު
- މެއި މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު މާވަރުލު ދެ ކޮޅު ދަތުރު
- މެއި މަހުގެ 4 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި، ގަން އަދި ހޯރަފުށި ދެކޮޅު ދަތުރު
✈️ Due to popular demand, we've added additional flight’s to accommodate your travel needs. #Maldivians #UpgradedFlight pic.twitter.com/TSBGgn87do
— MaldivianAero (@MaldivianAero) April 28, 2024
ކޮންމެ އަހަރެއްގެ ވެސް ސްކޫލު ޗުއްޓީއާ ދިމާކޮށް ފްލައިޓަކަށް ޑިމާޑް ބޮޑުވެގެން ދެއެވެ. ޑިމާންޑަށް ބަލައި، މޯލްޑިވިއައުން ޗުއްޓީއާ ދިމާކޮށް ފްލައިޓްތައް އަބަދު ވެސް އިތުރުކުރެއެވެ.
އެ އެއަރލައިނުން ދަތުރުކުރަމުންދާ މަންޒިލްތައް އިތުރުކޮށް، މިހާރު އުދުހެމުންދާ މަންޒިލްތަކަށް ހާއްސަ ޕެކޭޖްތައް ވެސް ތައާރަފްކުރަމުންނެވެ. އެގޮތުން މި ފަހުން މޯލްޑިވިއަނުން ވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހުގައި ކޮލަންބޯއަށް ދަތުރުތައް އަލުން ފަށާފައެވެ.