Sunday, 25 October 2026
Ads by

”އަމާޒަކީ އެއްވެސް ދަތިކަމެއް ނެތި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން“

”އަމާޒަކީ އެއްވެސް ދަތިކަމެއް ނެތި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން“

ޑރ. ޝާހު މާހިރު---

ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ މައިގަނޑު މަގުސަދަކީ ވިޔަފާރި ނަފާ އިތުރުކުރުމަށްވުރެ ބޮޑަށް، ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ގަނޑުކޮށް ރާއްޖެ އެތެރެކޮށް، ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު ޒިންމާ ކަމަށެވެ. ބޭސް ލިބުމުގައި ދިމާވާ ދަތިތަކަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުންފުނިން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ބޭހުގެ ރައްކާތެރިކަމާއި ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ސްޓޮކް އަދި ސަޕްލައި ޗެއިން މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރަމުންދާކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ރާއްޖެއިން ނުލިބޭ ބޭސްތައް ހޯދުމަށް ޕްރިސްކްރިޕްޝަނަށް އޯޑަރުކުރާ އުސޫލުގެ ބަދަލުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ އަންދާޒާކޮށް، ދިގު މުއްދަތަށް ބޭނުންވާ ބޭސް ރާއްޖެއަށް އެތެރެކޮށްފައި ބެހެއްޓުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، ކުންފުނީގެ ހުރިހާ މަސައްކަތެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ މާލީ ފައިދާއަށްވުރެ ބޮޑަށް، އާންމު ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބޭހެއް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

ސްޓޭޓް ފާމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި ކުންފުންޏެކެވެ. މީގެކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ބޭސް ފިހާރަތަކާއި މުވައްޒަފުން، މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި