Saturday, 24 October 2026
Ads by

އީރާނުގެ ނިއުކްލިޔާ މަރުކަޒު ހުންނަ ބޫޝެހެރު އަދި ޤޭޝްމް ޖަޒީރާއަށް ބާރުގަދަ ގޮވުންތަކެއްގެ އަޑުއިވިއްޖެ

އީރާނުގެ ނިއުކްލިޔާ މަރުކަޒު ހުންނަ ބޫޝެހެރު އަދި ޤޭޝްމް ޖަޒީރާއަށް ބާރުގަދަ ގޮވުންތަކެއްގެ އަޑުއިވިއްޖެ

އީރާނުގެ 'އެންޓި-ޝިޕިންގ' (ނައުތަކަށް ޙަމަލާދޭ) އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭ އިންފްރާސްޓްރަކްޗަރަށް، ވޮޝިންޓަންގެ ކެމްޕޭންތަކުން ގެންދަނީ އިތުރަށް އަމާޒުކުރަމުން. (އިންޑިއާ ޓުޑޭ)

އީރާނުގެ އެންމެ މުހިންމު ނިއުކްލިއާ މަރުކަޒު ހުންނަ ބޫޝެހެރު، އެ ސިޓީއާ ކައިރީގައި އޮންނަ ޗޮޣާދަކް، އަދި ހުރުމްޒް ކަނޑުއޮޅީގައި އޮންނަ ޤޭޝްމް ޖަޒީރާއަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، މުޅި ސަރަހައްދު ސަލާމަތީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

Ad Image
Ads by

ބޫޝެހެރަކީ އީރާނުގެ އެންމެ ބޮޑު އަދި ހަމައެކަނި ހިންގަމުންދާ ނިއުކްލިއާ ޕަވަރ ޕްލާންޓް ހުންނަ ސަރަހައްދެވެ. މި ހަމަލާތަކުގައި ނިއުކްލިއާ ރިއެކްޓަރަށް ގެއްލުމެއް ލިބުނުކަން އަދި ކަށަވަރުވެފައި ނުވި ނަމަވެސް، މި ސަރަހައްދަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ދުނިޔެއިން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އީރާނުގެ ’ފާރްސް ނިއުސް އެޖެންސީ‘ އާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުންތަކުގެ ބާރުގަދަކަމުން އެ ސަރަހައްދުގެ ގޭގޭގެ ކުޑަދޮރުތައް ވަނީ ގުޑައިގެން ގޮސްފައެވެ.

ހަމައެއާއެކު، ހުރުމްޒް ކަނޑުއޮޅީގެ ސްޓްރެޓީޖިކް ސަރަހައްދެއް ކަމަށްވާ ޤޭޝްމް ޖަޒީރާއަށް ވެސް ވަނީ ގޮވުންތަކެއްގެ އަޑު އިވިފައެވެ. މި ގޮވުންތަކުގެ ސީދާ ސަބަބު އަދި ކަށަވަރުނުވި ނަމަވެސް، މިއީ އީރާނުގެ އަސްކަރީ މަރުކަޒުތައް ހުންނަ މުހިންމު ރަށެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗޮޣާދަކް މަތިން ގޮވުންތަކުގެ އަޑާއެކު އީރާނުގެ އެއާ ޑިފެންސް ނިޒާމުތަކުން ވަނީ ރައްދުގައި މިސައިލްތައް ފޮނުވާފައެވެ. މި ގޮވުންތައް އިވިފައިވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ހުރުމްޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި