Wednesday, 9 September 2026
Ads by

މަސްގަންނަން މިފްކޯއަށް ސަރުކާރުން އެންމެ ރުފިޔާއެއްވެސް މިހާރު ނުދޭނެ: ޝިޔާމް

މަސްގަންނަން މިފްކޯއަށް ސަރުކާރުން އެންމެ ރުފިޔާއެއްވެސް މިހާރު ނުދޭނެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު ޝިޔާމް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިންގެ އަތުން މަސްގަތުމަށްޓަކައި ސަރުކާރުގެ ބަޖެޓުން މިފްކޯއަށް އެންމެ ރުފިޔާއެއްވެސް މިހާރު ދެމުން ނުދާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު ސިޔާސަތަކީ މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ، މާލީގޮތުން ދެމެހެއްޓެނިވި ކުންފުންޏަކަށް ހެދުން ކަމަށެވެ. އަދި މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަގަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި މަހުގެ އަގު އިންތިހާއަށް ބޮޑުކޮށް، ކިލޯއަކަށް 13 ރުފިޔާގެ ސަބްސިޑީއެއް ދޭންޖެހޭ ގޮތަށް އޮތުމުން ދައުލަތުން ބިލިއަނުން ހަރަދުކުރަން ޖެހުނެވެ. ނަމަވެސް އެ ބޮޑު ހޭދަ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށާއި، މަސް ބަންދުކުރާ ފެކްޓްރީތައް އެޅުމަށް ބޭނުންކޮށްފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

”އަޅުގަނޑު މިއަދު ދަންނަވަން ކެރޭ، އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސް ގަންނާކަށް އެންމެ ރުފިޔާއެއްވެސް ނުދެން. މިއީ ސިޔާސަތުތަކަށް ގެނެވުނު ބަދަލެއް،“ ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ގެންނަ އިސްލާހީ ބަދަލުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަސް ބޭރުކުރާ މިންވަރު ތިންގުނަ ކުރުމަށްޓަކައި މުހިންމު މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފެލިވަރުގެ ކެޕޭސިޓީ 100 ޓަނަށް އިތުރުކުރުމާއި، ފ. ނިލަންދޫގެ އިތުރުން ގދ. ފިޔޯރީގައި މަސް ފެކްޓްރީ ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން އަމިއްލަ ކުންފުނިތަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދީ، މަސްވެރިކަމުގެ ވިޔަފާރިއަށް ހެޔޮ މާހައުލެއް ގާއިމުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މަހުގެ އަގު އުފުލި، މަސްވެރިންގެ ޖީބުތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ޝިޔާމް ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު