Wednesday, 9 September 2026
Ads by

ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ޔޫ.އޭ.އީ ގެ ޓޭންކަރުތަކަށް ހަމަލާދީފި، މުޅި ބަހުރައިންގައި ނުރައްކަލުގެ ސައިރަން އަޅައިފި

ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ޔޫ.އޭ.އީ ގެ ޓޭންކަރުތަކަށް ހަމަލާދީފި، މުޅި ބަހުރައިންގައި ނުރައްކަލުގެ ސައިރަން އަޅައިފި

11 މާރޗް 2026 ގައި ހުރުމުޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި ތައިލެންޑުގެ 'މަޔުރީ ނާރީ' ކިޔާ ބަލްކް ކެރިއަރ (މުދާ އުފުލާ އުޅަނދު) އަކަށް ޙަމަލާއެއް އަމާޒުވެ، އެ އުޅަނދުން ދުން އަރަނީ. (ފަރސްޓް ޕޯސްޓް)

އީރާނުގެ އަސްކަރިއްޔާ އާއި އައި.އާރު.ޖީ.ސީ ގުޅިގެން ގަލްފުގެ އެތައް ޤައުމަކަށް ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާތަކަކާއެކު މުޅި ސަރަހައްދުގެ މަސްރަހު އެއްކޮށް ކޮންޓްރޯލުން ނެއްޓިއްޖެއެވެ.

Ad Image
Ads by

ޔޫ.އޭ.އީ ގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުން

ޔޫ.އޭ.އީ ގެ މިނިސްޓްރީ އޮފް ޑިފެންސުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ޔޫ.އޭ.އީ ގެ ދެ ތެޔޮ ޓޭންކަރެއް ކަމަށްވާ ’މޮމްބާސާ‘ އަދި ’ބާހިއާ‘ އަށް އީރާނުގެ ކްރޫޒް މިސައިލް ޙަމަލާތަކެއް ވަނީ އަރާފައެވެ. މި ހަމަލާގެ ސަބަބުން ދެ އުޅަނދުގައި ބޮޑު ރޯވުމެއް އުފެދި، އިންޑިއާއަށް ނިސްބަތްވާ ފަޅުވެރިއަކު މަރުވެ އިތުރު 8 މީހަކު ވަނީ ޒަހަމްވެފައެވެ. އަބޫދާބީން ވަނީ މިއީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް ދިން ނުރައްކާތެރި ޙަމަލާއެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ގަލްފުގެ ޤައުމުތަކަށް ދިން ޙަމަލާތަކާއި ބަހުރައިންގެ ކަންބޮޑުވުން

މީގެ އިތުރުން، އީރާނުން ދިން ވަރުގަދަ ބެލިސްޓިކް މިސައިލް ޙަމަލާތަކާ ގުޅިގެން ބަހުރައިންގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ވަނީ ރައްޔިތުން ރައްކާތެރި ހިޔާވަހިކަން ހޯދުމަށް އަންގައި، މުޅި ޤައުމުގައި ނުރައްކަލުގެ ސައިރަން އަޅާފައެވެ. އީރާނުގެ މި ޙަމަލާތައް އަމާޒުވެފައިވަނީ ބަހުރައިން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އޮމާންގެ ރާޑަރު ސްޓޭޝަންތަކުގެ އިތުރުން އުރުދުންގެ ޕްރިންސް ޙަސަން އެއާ ބޭހަށެވެ.

އީރާނުން ބުނަމުންދަނީ މިއީ އެމެރިކާއިން އެ ޤައުމުގެ ބިމަށް ދެމުންދާ ހަމަލާތަކަށް ދިން ވަރުގަދަ ރައްދެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު