Ads by
ޚަބަރު
ކޯލިޝަން މަޝްވަރާއަށް ގާސިމާއި ބައްދަލު ކުރަން ޕީޕީއެމް/ޕީއެންސީ ޓީމެއް ސަން އައިލޭންޑަށް
ފޮޓޯ: ނިހާން

ކޯލިޝަން މަޝްވަރާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި ބައްދަލު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް ޓީމެއް ސަން އައިލޭންޑަށް ވަޑައިގެންފިއެވެ.

Ads by Eki Online

ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މުއިއްޒުގެ ރަނިންމޭޓް އާއި ޕީޕީއެމް ޕީޖީ ލީޑަރު، އަހުމަދު ސަލީމް، ޕީޕީއެމްގެ ނައިބު ރައީސް، އަހުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައިސް، މުހައްމަދު ސައީދު އަދި ޕީޕީއެމް ޕީޖީ މެމްބަރު، އަހުމަދު ތޯރިގް ހިމެނޭ ހެން އިދިކޮޅުގެ ހާއްސަ ވަފުދެއް ގާސިމް އާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ދިނުމަށް ވަޑައިގެންފައިވާ ކަމަށެވެ.

އަދި މިބައްދަލުވުން އޮންނާނީ މިރޭ ސަން އައިލޭންޑް ވިލާ ޕާކްގައި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

މިއަދު ހަވީރު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ޕީޕީއެމް/ޕީއެންސީ އާއެކީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *