Wednesday, 9 September 2026
Ads by

ޣައްޒާ މުސްލިމުން މަރަން އިޒްރޭލަށް ހަތިޔާރު ވިއްކަމުން އިނގިރޭސި ސަރުކާރުން އެޤައުމުގެ ޔަހޫދީންގެ ރައްކާތެރިކަމަށް 250 މިލިއަން ޕައުންޑް ޚަރަދުކުރަނީ

ޣައްޒާ މުސްލިމުން މަރަން އިޒްރޭލަށް ހަތިޔާރު ވިއްކަމުން އިނގިރޭސި ސަރުކާރުން އެޤައުމުގެ ޔަހޫދީންގެ ރައްކާތެރިކަމަށް 250 މިލިއަން ޕައުންޑް ޚަރަދުކުރަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދިނުމަށްފަހު ވަގުތީ ގޮތުން ބޮޑުވަޒީރުކަމާ ޙަވާލުވެހުރި ކެއަރ ސްޓާމާ އޭނާގެ ލޭބާ ޕާޓީގެ އެލްއެފްއޭ (ލޭބާ ފްރެންޑްސް އޮފް އިޒްރޭލު) އީވެންޓަކު ވާހަކަދައްކަނީ. (ޖޫވިޝް ނިއުސް މީޑިއާ)

ޔޫކޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ހިންގާ ހަމަލާތައް އިތުރުވުމާ ގުޅިގެން، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 250 މިލިއަން ޕައުންޑް (334.4 މިލިއަން ޑޮލަރު) ޚަރަދުކުރަން އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

މި ފައިސާ ޚަރަދުކުރާނީ ޔަހޫދީންގެ ސްކޫލުތަކާއި، އަޅުކަންކުރާ ފައްޅިތަކާއި އަދި ކޮމިއުނިޓީ ސެންޓަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށެވެ. މީގެ ތެރޭގައި ސަލާމަތީ ބަލަހައްޓާ މީހުން އިތުރުކުރުމާއި، ކޮމިއުނިޓީ ސޭފްޓީ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

ދެފުށް ދެގޮތް ސިޔާސަތުތަކަށް ފާޑުކިޔުން

އެއްވެސް ދީނަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި ދިރިއުޅެން ނުޖެހޭނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނަމުންދިޔަނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި، އިސްލާމްފޯބިއާ (މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުން) ޔޫކޭގައި އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، އެކަމާ ދެކޮޅަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ. އަދި ޔަހޫދީންގެ ރައްކާތެރިކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭއިރު، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، އިޒްރޭލުން ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް ކުރާ އެކްޓިވިޒަމް ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އިޒްރޭލުން ހިންގާ ޤަތުލުޢާންމަށް އިނގިރޭސިވިލާތުގެ އަސްކަރީ އެހީތެރިކަން

އެތެރޭގެ ސަލާމަތީ ކަންކަމަށް އިނގިރޭސި ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދިޔަ ނަމަވެސް، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދުއަށް (ޖެނޮސައިޑަށް) އިނގިރޭސިވިލާތުން އަސްކަރީ ގޮތުން ވާގިވެރިވަމުންދާތީ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދަނީ އެ ޤައުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2015 އިން ފެށިގެން 2025 ގެ މާރިޗު މަހާ ހަމައަށް އިނގިރޭސިވިލާތުން ވަނީ އިޒްރޭލަށް 634 މިލިއަން ޕައުންޑްގެ އަސްކަރީ ހަތިޔާރު ވިއްކުމުގެ ލައިސަންސް ދޫކޮށްފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ޣައްޒާއަށް ބޮންއެޅުމަށް އިޒްރޭލުން ބޭނުންކުރާ އެފް-35 މަރުކާގެ ފައިޓަރ ޖެޓްތަކުގެ ބައިތަކުގެ 15 އިންސައްތައަކީ އިނގިރޭސިވިލާތުން އުފައްދާ ތަކެތި ކަމަށްވުމެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުން އިޒްރޭލަށް ހަތިޔާރު ވިއްކުމުގެ 30 ލައިސަންސެއް މަޑުޖައްސާލި ނަމަވެސް، އެމެރިކާ ފަދަ ތިންވަނަ ޤައުމެއް މެދުވެރިކޮށް އެފް-35 ގެ ބައިތައް އިޒްރޭލަށް ފޯރުކޮށްދިނުން އިނގިރޭސި ސަރުކާރުން ހުއްޓާލާފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު