Monday, 17 August 2026
Ads by

އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު 48 އިންސައްތަ އިތުރުކުރެވިއްޖެ: ޝަފީޢު

އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު 48 އިންސައްތަ އިތުރުކުރެވިއްޖެ: ޝަފީޢު

އެޑިއުކޭޝަން މިނިސްޓަރު ޝަފީޢު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަތީ ސާނަވީގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް 48 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ޝަރަފުވެރި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލްއަށް ކިޔަވަން ފުރުސަތު ލިބެނީ އެންމެ 34 އިންސައްތަ ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިހާރު މި އަދަދު 48 އިންސައްތައަށް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ވޮކޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއެކު، 2028 ވަނަ އަހަރާ ހަމައަށް މަތީ ސާނަވީގައި ކިޔަވާ ކުދިންގެ ނިސްބަތް 65 އިންސައްތައަށް އިތުރުކުރުމެވެ.

”ކުރިން އޯލެވެލް ނިންމާ ކުދިންގެ ތެރެއިން އޭލެވެލްއަށް ދެވެނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކުދިންނަށް. އެހެންނަމަވެސް، ތައުލީމީ ސިޔާސަތަށް ގެނެވުނު އީޖާދީ ބަދަލުތަކާއެކު މިހާރު މިވަނީ 48 އިންސައްތައަށް އެ އަދަދު އިތުރުކުރެވިފައި. މިއީ ގައުމީ ފެންވަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،“ – މިނިސްޓަރު ވިދާޅުވިއެވެ.

މަތީ ސާނަވީގެ ފުރުސަތުތައް ފުޅާކުރުމުގެ ގޮތުން، ގްރޭޑް 11 އަށް ވަނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް މިދިޔަ އަހަރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިހާރު އޭލެވެލްއަށް ވަދެވޭނެ ތިން މަގެއް ވަނީ ފަހިކޮށްދީފައެވެ. އެއީ އެކަޑަމިކް ސްޓްރީމާއި، ސްކޫލްތަކުގައި ކުރިއަށްގެންދާ ފަންނީ ތައުލީމު (ވޮކޭޝަނަލް އެޑިޔުކޭޝަން) އަދި އަމަލީ މަސައްކަތުގެ މާހައުލުން އުނގެނިދޭ އެޕްރެންޓިޝިޕް ޕްރޮގްރާމްތަކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Dr
ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު
majlis
ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފި
male custodial
އެމްޑީޕީ ސަރުކާރަށް ނޭޅުނު ދަރުމަވަންތަ ސްކޫލްގެ ހޯލް އެޅުމަށް މާލޭ ޖަލު ތަޅާލަނީ
IMG_7950
ސާކް-އޭއޭގެ ރައީސްކަމަށް ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބްވެވަޑައިގެންފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ