ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫއު 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިންމައި ބޭނުންކުރަން ފެށޭނެ ކަަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޯޒްވޭގެ މަަސައްކަަތާ ބެހޭގޮތުން، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ 22 ޖެނުއަރީ 2023 ގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް 2 ސެޕްޓެމްބަރު 2023 ގައި މޮބިލައިޒްކޮށްފައި އޮތް ކަމަށް ރެކޯޑްތަކުން ފެންނަން އޮތް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.
”މިގޮތުން ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނާއި ސާވޭގެ ނަސައްކަތް ނިންމައި ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ވީޓެލް ޑިޒައިންތައް އެޕްރޫވްކޮށް މިހާރު 20 އޮކްޓޫބަރު 2025 ގައި މަސައްކަތް ވަނީ ފަށައިފައި“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޯޒްވޭގެ މަސައްކަތް ކުރިއަށްދަަނީ އެދެވޭ ސްޕީޑުގައި ނޫން ކަމަށާއި ކަނޑައަޅާފައިވަނީ، 500 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ. އެ މަޝްރޫއަށް 81 މިލިއަން ރުފިޔާ ހަރަދުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި 714 މީޓަރުގެ ދިގު މަގެެެއް ހެދިގެންދާނެ އެވެ.












