Sunday, 26 July 2026
Ads by

”މަސައްކަތް ކުރަމުން މިދަނީ ކުރީ ސަރުކާރާއި މި ސަރުކާރުގެ މަޝްރޫއުތައް ވެސް ނިންމަން“

”މަސައްކަތް ކުރަމުން މިދަނީ ކުރީ ސަރުކާރާއި މި ސަރުކާރުގެ މަޝްރޫއުތައް ވެސް ނިންމަން“

ހައުސިންގ މިނިސްޓަރު ޑރ. މުއްޠަލިބް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުގެ އާ މަޝްރޫއުތައް އެކުގައި ކުރިއަށް ގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހުރި ކަމަށެވެ. މި ސަރުކާރުން ވެރިކަމަށް އައީ އަމިއްލަ މެނިފެސްޓޯއަކާއެކު ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން ނަމަވެސް، ރައީސް މުޢިއްޒުގެ ނިންމެވުމަކީ ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި، އެ ހުރިހާ މަޝްރޫއުތަކެއްވެސް އެއްކޮށް ނިންމާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުތައް ހިނގާ ދުވެލި ލަސްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތްތައް ނުދާކަން ގަބޫލުކުރައްވާ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ކުރީގެ ބޮޑެތި މަޝްރޫއުތަކާއި އާ މަޝްރޫއުތައް އެއްފަހަރާ ކުރިއަށް ގެންދަން ޖެހުމަކީ ގޮންޖެހުން ބޮޑު، ހައްސާސް ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ބޮޑު މާލީ ބުރައަކާއެކު މަސައްކަތް ކުރާއިރު ބައެއް ލަސްތަކާއި ހުރަސްތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ނަމަވެސް، މިހާރު މަޝްރޫއުތައް ރޭވިފައިވާ ހަރުދަނާ ޝެޑިއުލެއްގެ ދަށުން ބާރަށް ކުރިއަށްދާކަމުގެ ޔަގީންކަން މިނިސްޓަރު މުއްޠަލިބު ދެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު، މި ހުރިހާ މަސައްކަތްތަކެއް ނިންމައި، ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ލިބޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް ބާކީނުކޮށް، ތަރައްގީގެ މަޝްރޫއުތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް، ރައްޔިތުންގެ އުުންމީދުތައް ހަގީގަތަކަށް ހަދައިދިނުން ކަމަށް މިނިސްޓަރު މުއްޠަލިބް ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި