Ads by
ޚަބަރު
ދެވަނަ ބުރުގައި ވޯޓުލާާން ދޭ ވަގުތު އިތުރުކޮށްފި
ފޮޓޯ: އިލެކްޝަން ކޮމިޝަން

ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގައި ވޯޓުލާން ދޭ ވަގުތު އިތުރުކުރަން އިލެކްޝަން ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަން(އީސީ)އިން ގެނައި މި ބަދަލާއިއެކުގައި، އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 17:00 ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދެވޭނެއެވެ.

އީސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މެންދުރުފަހު ހޫނު ގަދަވުމުގެ ސަބަބުން ކިއޫގައި ތިބުމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވުމާއިއެކު ދެވަނަ ބުރުގެ ވޯޓު ލާން އިތުރަށް ގަޑިއިރެއް ދޭން ނިންމާފައިވާކަމަށެވެ.

“ލަފާ ދޭ ކޮމިޓީތަކުން ލަފާ ލިބުނު ގޮތާއި، އަޅުގަނޑުމެންނަށް ކުރެވުނު އޮބްޒަވޭޝަންތަކުން ވެސް އެނގުނު ގޮތުގައި، ބައެއް މީހުނަކީ ބޭސްފަރުވާ ކުރާ ބައްޔެއް، ސިއްހީ ގޮތުން މެންދުރުފަހު ނުކުުމެވޭ މީހުން، އެހެންވެ ވޯޓާސް ޓާން އައުޓް އިތުރު ވުމަކީ ގާތް ކަމެއް،” ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި 282،395 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވީއިރު، ވޯޓުލީ އޭގެ 79 އިންސައްތަ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި ވޯޓުލީ ނިސްބަތް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮށްނާނީ މި މަހު 30 ވަނަ ދުވަހުއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *