Thursday, 20 March 2025
Ads by

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު ރަޝީދު ވެސް ޕީއެންސީއަށް

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު ރަޝީދު ވެސް ޕީއެންސީއަށް

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުޙައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

Ad Image
Ads by MN Maldives

މިކަން ހާމަކޮށްފައިވަނީ ޕީއެންސީގެ ރަސްމީ އެކްސް ހޭންޑަލްގައެވެ.

ރަޝީދު 20 ވަނަ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރީ އިތުރު 4 ކެންޑިޑޭޓުންނާ ވާދަކޮށެވެ. އޭގެ ތެރޭގައި ޕީއެންސީގެ އަހުމަދު އަޝްރަފްއާ މިހާރު އެ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނެއެވެ. ރަޝީދުއަށް 722 ވޯޓު ލިބުނުއިރު އޭނާއާ އެންމެ ގާތުން ވާދަކުރި އަޝްރަފަށް ލިބުނީ 653 ތިން ވޯޓެެވެ. މޮސްޓާއަށް ލިބުނު ވޯޓުގެ އަދަދަކީ 426 އެވެ.

މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ އިންތިހާބުގައިވެސް ރަޝީދު ވާދަކުރިއެވެ. އެ އިންތިހާބުގައި އަށް ކެންޑިޑޭޓުންނާ ވާދަކޮށް ރަޝީދުއަށް ލިބުނީ 3 ވަނައެވެ.

ރަޝީދު ޕީއެންސީއާ ގުޅުނުއިރު، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި 6 ކެންޑިޑޭޓެއްވެސް އިއްޔެ ވަނީ ޕީއެންސީއާ ގުޅިފައެވެ.

އެ ކެންޑިޑޭޓުންނަކީ

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުالله – ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖީލިސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނެވެ. އިތުރަށް މި ގުޅުނު 7 ކެންޑިޑޭޓުންނާއި އެކު ޕީއެންސީ މެންބަރުންގެ އަދަދު 73 ކަށް އަރާނެއެވެ.

އަދި މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ތާޢީދު ކުރަށްވަނީ ސަރުކާރަށެވެ. މި ހުރިހާ ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 76 ކެންޑިޑޭޓުން ކުރިއަށް އޮތް މަޖިލީހުގައި ތިބޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ