Wednesday, 9 September 2026
Ads by

އިޒްރޭލުގެ ނިރުބަވެރި ޙަމަލާތަކުގައި 5 ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލައިފި: އެއްބަސްވުންތަކާ އިޒްރޭލުން ޚިލާފުވެފައިވާ އަދަދު ގުނަންވެސް ދަތި

އިޒްރޭލުގެ ނިރުބަވެރި ޙަމަލާތަކުގައި 5 ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލައިފި: އެއްބަސްވުންތަކާ އިޒްރޭލުން ޚިލާފުވެފައިވާ އަދަދު ގުނަންވެސް ދަތި

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށްޓަކައި ޖަހާފައިވާ އާންމު ހިޔާވަހިތަކަށް (ޓެންޓުތަކަށް) އަމާޒުކޮށް އިޒްރޭލުން ދަނީ ނިރުބަވެރި ވައިގެ ޙަމަލާތައް ދެމުންނެވެ. [ފައިލް: އޭއެފްޕީ]

ހިންޏައް ހަކުރު އޮޅުވާލާ ފަދައިން އެމެރިކާގެ ”މެދުވެރިކަމާއެކު“ ޤާއިމުކޮށްފައިވާ ކުޅޭކުޅޭ ”ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ“ އެއްބަސްވުމާ އެކުވެސް، އަނިޔާވެރި ޔަހޫދީ އިސްތިއުމާރު، އިޒްރޭލުން ޣައްޒާއަށް ދިން ނިރުބަވެރި ހަމަލާތަކެއްގައި އާދީއްތަ ދުވަހު މަދުވެގެން 5 ފަލަސްތީނު މީހުން ޝަހީދުކޮށްލައިފިއެވެ.

Ad Image
Ads by

ސަބްރާ އަވަށުގައި ހުރި ދަގަނޑު މަސައްކަތްކުރާ ތަނަކަށް ޑްރޯން ހަމަލާއެއް ދީ، 4 މީހުން ޝަހީދުކޮށްލާފައިވެއެވެ. މެދުތެރޭ ޣައްޒާގައި އަލް-ބުރައިޖް ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ހުރި 9 އަހަރުގެ ތަލާ އަބޫ މަތަރު އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައިވެއެވެ. ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ މާވާސީ ސަރަހައްދުގައި ހުރި ވަގުތީ ހިޔާތަކަށް ދިން ހަމަލާއެއްގައި 1 މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވެއެވެ.

އިޒްރޭލު ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާއިން ވަނީ ދަގަނޑު މަސައްކަތްކުރާ ތަނަށް ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް 9 އަހަރުގެ ކުއްޖާ ޝަހީދުވި ހާދިސާ އެނގިފައި ނުވާ ކަމަށް ބުނެފައިވެއެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އޮތް ނަމަވެސް، މިހާތަނަށް 1,000 އަށް ވުރެ ގިނަ ފަލަސްތީނު މުސްލިމުން އިޒްރޭލުގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވެއެެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު