Ads by
ޚަބަރު
ސުވާލެއް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ސާފުވަނީ އެމްޑީޕީ “ރޫޅާލެވިއްޖެ” ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Eki Online

މަޖިލީހުގެ މިއަދުގެ ޖަލަސާގައި ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކީ، ދެން ވެރިކަން ކުރާ ސަރުކާރެއް ކަނޑައަޅާނެ މުހިންމު ނިންމުމެއްކަމަށެވެ.

އީވާ ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތަށް އެމްޑީޕީ ރޫޅާލާފައިވާ ކަމަށެވެ.

“ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު (މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު) މި ޕާޓީ އުފެދުމާ އެކު ވިދާޅުވި ރޫޅާލާނަމޭ، ރޫޅާލާނަމޭ. ސުވާލެއްވެސް ރޫޅާލެވިއްޖެ،” އީވާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އީވާ ވިދާޅުވީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެތައް މެމްބަރުންނެއް ބާކީކޮށް ނިކަމެތިކޮށް އެކަހެރި ކޮށްގެން ލިބުނު ނަތީޖާ މިއަދު ފެންނަނީ ހިތިކޮށް ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްތެރޭ ޑިމޮކްރެޓްސްއިން ހޯދި ކާމިޔާބީއަކީ ބޮޑު ކާމިޔާބެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *