Saturday, 24 October 2026
Ads by

ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

ޤަޠަރުގެ ކުރީގެ އަމީރު، އަމީރު ޝައިޙް ޙަމަދު ބިން ޚަލީފާ އަލްޘާނީ---

ޤަޠަރުގެ ކުރީގެ އަމީރު، އަމީރު ޝައިޙް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ. އަދި އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ ޤަޠަރުގެ ތަރައްގީއަށާއި ކުރިއެރުމަށް މުހިންމު އަދި އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވި، ދުރުވިސްނޭ ލީޑަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ރައީސް ވަނީ ޤަޠަރުގެ މިހާރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، އެ ޤައުމުގެ ޝާހީ އާއިލާއަށާއި، ސަރުކާރަށް އަދި ޤަޠަރުގެ ލޮބުވެތި ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ އަވަހާރަވި އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީގެ ފުރާނަފުޅަށް މާތްﷲ ރަހުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވަމުންނެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ ޤަޠަރުގެ ޒަމާނީ ތަރައްގީގެ ބާނީގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. އެމަނިކުފާނުގެ ޒައާމަތުގައި ޤަޠަރަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވެއެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ޤަޠަރުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި